ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 18:32
ފޯމު ބަލައިގަތުން ހުއްޓާލި ކަމަށް ބުނުމުން ހައުސިން މިނިސްޓްރީ ތެރޭ މުޒާހަރާ ކުރަނީ
ފޯމު ބަލައިގަތުން ހުއްޓާލި ކަމަށް ބުނުމުން ހައުސިން މިނިސްޓްރީ ތެރޭ މުޒާހަރާ ކުރަނީ
ތާއްޖުއްދީން ސުކޫލް ވެބްސައިޓް
ހުޅުމާލެ ދެވަނަ ފިޔަވަހި
ނަންބަރު ދޫކުރާނީ އެޗްޑީސީން ކަމަށް ބުނި ނަމަވެސް ހައުސިން މިނިސްޓްރީން ނަންބަރު ދޫކުރަން ފަށައިފި
މިއަދުން ފެށިގެން އެފޯމްތައް ބަލައިގަންނާނީ އެޗްޑީސީން
ފޯމު ނަންބަރު ނެގުމަށް އެތަށް ބަޔަކު ރެއާއި ދުވާލު ކިޔުގައި
މިއަދަށް ދޫކުރި 500 ނަންބަރުތަކަށް ފޯމު ބަލައިގަންނާނެ ކަމަށް ހައުސިން އިން ބުނޭ

 ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޯއްޗަށް ހައުސިން މިނިސްޓްރީން ނަންބަރު ދޫކުރަން މަޑުޖެއްސުމަށް ފަހު ނަންބަރު ދޫކުރާނީ(ހުޅުމާލެ ޑިވޗެލޮޕްމަންޓް ކޯޕަރޭޝަން) އެޗްޑީސީން ކަމަށް ބުނި ނަމަވެސް އަނެއްކާވެސް ނަންބަރު ދޫކުރަން ފަށައިފިއެވެ. 

ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިމަހުގެ 8 އިން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް އެ މިނިސްޓްރީން ފޯމު ދޫކުރުމާއި ބަލައިގަތުން ހުޅުވާލާފައިވީ ނަމަވެސް މިމަހުގެ 11 އިން ފެށިގެން އެފޯމްތައް ބަލައިގަންނާނީ އެޗްޑީސީން ކަމަށެވެ.

ފޯމު ނަންބަރު ނެގުމަށް އެތައް ބަޔަކު ރެއާއި ދުވާލު ކިޔުގައި ޖެހިފައިވާއިރު، ހައުސިން މިނިސްޓްރީން ފޯމު ބަލައިގަންނާނީ އެޗްޑީސީން ކަމަށް ބުނުމާއެކު ފޯމު ލުމަށް އެއްވެތިބި މީހުން ވަނީ ނުރުހުން ފާޅުކުރަން ފަށާފައެވެ. އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ވަނީ އެއްގަޑިއިރު ފަހުން މިއަދަށް ދޫކުރި 500 ނަންބަރަށް ފޯމު ބަލައިގަންނާނެ ކަމަށާއި އެއަށް ފަހު އެ މިނިސްޓްރީން ނަންބަރު ދޫނުކުރާނެ ކަމަށް ބުނެފައެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 400 ގޯއްޗަށް އެދި މިއަދުގެ މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން ވަނީ ހުށައަޅާފައެވެ. އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ވަނީ ހައުސިން މިނިސްޓްރީން އަލުން ގޯއްޗަށް ފޯމު ދޫކުރީ އުސޫލުތަކާއި ޚިލާފަށް ކަމަށާއި އެކަން ހުއްޓުވުމަށް އެމިނިސްޓްރީއަށް އަންގާފައެވެ. އޭސީސީން އެންގި ގޮތަށް އިސްލާހުނުކޮށް، ކުރިއަށް ގެންދާ ނަމަ ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ހައުސިން މިނިސްޓްރީ އަށް ވަނީ ދީފައެވެ.

ދެވަނަ ފިޔަވަހިން ނުއަގުގައި 400،000ރ. އަށް ގޯއްޗެއްގެ މަގުން 400 ގޯތި ވިއްކަން ހުޅުވާލުމުން އެ މަޝްރޫއު ހުއްޓުވުމަށް ފަހު އޭސީސީން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކާއި ކަރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގު ކޮށްފައެވެ. އެކަމާއި ގުޅިގެން ވަކިކަންތައްތަކެއް އިސްލާހުކޮށް އަލުން ގޯތި ދޫކުރުމަށް ހުޅުވާލުމަށް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 އޮކްޓޯބަރ 2018 | ބުރާސްފަތި 14:33
ރަޝީދު އ
ހުޅުމާލެ އަށް މީހުންތައް ބައިވަރު އައި... ނަމަވެސް އެޗްޑީސީން މީހުން ބުނީ އެކަމަކީ އެތަނަށް އަންގާފަ ކުރިކަމެއް ނޫންކަމަށް... ޓީވީންކަމަށް އެބޭފުޅުންވެސް ބެއްލެވީ..! އަދި އެގުނީ އެޚަބަރު.. އެހެންކަމުން ތައްޔާރުވެފައި ކީއްކުރަން އެކަމަށް އަމަލުކުރަންވެސް އަދި ނޭގިފަ ކަމަށް އެތިބީ.. ކޮންމެވެސް ގޮތެއް އާދިތަ ދުވަހު ނޫނީ ފަހުގެ ވަތުގެއްގައި އަންގާނެ ކަމަށް ވިދާޅުވީ.. އަދި މިއަދު އެއްވެސް ގޮތަކަށް އެމަސަތްކަތް ކުރަން ރޭވޭނެ ގޮތެއްވެސް ނެތްކަމަށް... މިހާރު މިއޮތީ އޮފީސް ނިމޭގަޑި ޖެހިފަ...ހަފްތާވެސް މިނިމުނީ ދޮއްތޯ.. ދެން ސަނޑޭގަ ތިކަމުގައި ގޮތެއް ނިންމާނީ..މިތަނުން އަނގާނެ ކަންކުރަންވާގޮތް.. އެހެންވުމުން ގިނަބަޔަކަށް ހަދާނެ ނަހަދާއެއް ނޭގި ހުޅުމާލޭގައި އެބުރި އެބުރި 6 ޖަހަދެކަށް ތިބި...