ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 13:02
ސުޕްރީމް ކޯޓު: ރައީސް ޔާމީންގެ ފަރާތުން ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައި
ސުޕްރީމް ކޯޓު: ރައީސް ޔާމީންގެ ފަރާތުން ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގާ އިލެކްޝަނުން ޖަވާބުދާރީވުމަށް އަންގައިފި
ޖަވާބުދާރީވުމަށް އެނގީ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން
ދުސްތޫރީ މައްސަލަ ހުށަހެޅީ ބުދަދުވަހު
މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި ލިޔުންތައް ވަނީ ހަވާލުކޮށްފައި

އިންތިހާބާ ގުޅޭ ގޮތުން ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގާ ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަނަށް އންގާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ 11:00ގެ ކުރިން އެމައްސަލައިގާ އެކޮމިޝަނުން ޖަވާބުދާރީ ވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު އިބްތިދާއީ އަޑުއެހުން ބާއްވައި ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ އެކޯޓުން ވަނީ ދީފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބު 2018 އާ ގުޅިގެން މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި، ހުށަހެޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ފަހު، މީޑިއާއަށް މައުލޫމާތު ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒެވެ.

ރޭނީސް ސަލީމު ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުނަށް، ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި އެދިފައި ވަނީ ކޮން ކަމަކަށް ކަމެއް ރޭނީސް ސަލީމް ވިދާޅެއް ނުވެއެވެ. ސަލީމު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް