ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 11:16
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
މުހައްމަދު ޝަރުހާން
މާރާމާރި
އެކުގައި މަސައްކަތްކޮށް، އަމާންތަނަކަށް ރާއްޖެ ހަދާނަން: އިންތިހާބީ ރައީސް
މާރާމާރީތައް އިތުވުމުން ކަންބޮޑުވުން ފާޅުކުރެއްވި
ސިލްސިލާ މާރާމާރީތަކަށް ފަހު ރޭ ވަނީ ކުޑަކުއްޖަކު މަރާލާފައި

އެކުގައި މަސައްކަތްކޮށް ރާއްޖެއަކީ އަމާންތަނަކަށް ހައްދަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ސޯލިހު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީތައް އިތުރުވެ، ކުޑަކުދިން މާލެ މަގުތަކުގައި މަރަމުން ދިއުމުން ކަންކަން ފާލުން ނެއްޓި ބޮއްސުންލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ ރާއްޖެ އަމާންތަނަކަށް ހައްދަވަނީ އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވެފައި ވެއެވެ.

ފާއިތުވި ދެ ހަފްތާގައި އައްޑޫ ސިޓީ އާއި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ފުރާވަރު ކުއްޖެއްގެ ގަޔަށް ވަޅި ހަރައި ވަނީ މަރާލާފައެވެ. އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 14 އަހަރުގެ ށ. ފޭދޫ ހީނާމާގޭ އިސްމާއިލް ޝައްފާން ޝަރީފެވެ.

ޝައްފާންގެ މަރާ އެކު، މާރާމާރީތަކުގައި މި އަހަރު މަރާލި މީހުންގެ އަދަދު ވަނީ ދޭކަށް އަރާފައެވެ. އަދި މި ހަފުތާގައި މާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ އިރު އޭގެ ކުރިން އައްޑޫގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. އެ ދެ ޒުވާނުންގެ ހާއްލު ވެސް ވަރަށް ސީރިއަސް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް