ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 09:07
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން
މުހައްމަދު ޝަރުހާން
ފުލުހުންގެ ސްޓޭޓްމެންޓް
ކުށް ކުރުމުގެ ރޫހު މި ވެށީގައި ހަރުލިޔަ ނުދޭނަން: ފުލުހުން
ވަޅިހަރައި ޒަހަމްކޮށްލި 14 އަހަރުގެ ކުއްޖާ ވަނީ މަރުވެފައި
ކުށްތައް މަދު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން

ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެފަދަ ކުށްތައް މަދު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ހަފްތާތެރޭގައި އައްޑޫ އަދި މާލޭގައި ހިންގި މާރާމާރީ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. 

ބުދަ ދުވަހުގެ ރޭ ހިންގި ވަޅިހަރައި ޒަހަމްކޮށްލި 14 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. 

ބުދަ ދުވަހުގެ ރޭ މެންދަމު 14 އަހަރުގެ ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު ވެސް ވަނީ ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައެވެ. އަދި ހޯމަ ދުވަހުގެ ރޭ ކަރަށް ވަޅި ހެރުމުން ލިބުނު އަނިޔާތަކުގައި ޒަހަމްވި ޒުވާނާ ވެސް ވަނީ ސީރިއަސް ހާލަތެއްގައެވެ.

އައްޑޫ ސިޓީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ވެސް ސީރިއަސްއެވެ. 

ނުރައްކާތެރި މާރާމާރީތައް ކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަދަ ފަރާތްތަކަށް ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 އޮކްޓޯބަރ 2018 | ބުރާސްފަތި 10:05
ޙާ
އެއީ ޓެރެރިޒެމްއެއްނޫން ތޯ