ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 19:58
ޒުވާނާއަށް ހަމަލާދީ ޒަހަމްކޮށްލި ސަހަރައްދު ފުލުހުން ބަންދުކޮށްފައި--
ޒުވާނާއަށް ހަމަލާދީ ޒަހަމްކޮށްލި ސަހަރައްދު ފުލުހުން ބަންދުކޮށްފައި--
ރާއްޖެ އެމްވީ
މީހަކު މަރާލުން
ވަޅި ހަރައި ޒަހަމްކޮށްލި 14 އަހަރުގެ ކުއްޖާ މަރުވެއްޖެ
ޒަހަމްކޮށްލާފައި ވަނީ 14 އަހަރުގެ ކުއްޖެއް
އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ
މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައި

ބުދަ ދުވަހުގެ ރޭ ވަޅި ހަރައި ޒަހަމްކޮށްލި ކުޑަ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ މެންދަމު ވަޅި ހަރައި ޒަހަމްކޮށްފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ. މި ކުއްޖާއަކީ މާލޭގެ ސްކޫލެއްގެ ގްރޭޑް 7 ގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާއަށް ހަމަލާދީފައި ވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު ގަލޮޅު ސަބުދޭރިޔާ މަގުންނެވެ. 

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ބުދަ ދުވަހުގެ ރޭ މެންދަމު 14 އަހަރުގެ ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވާއިރު، ބުދަ ދުވަހުގެ ހެނދުނު ވެސް ވަނީ ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްފައެވެ. އަދި ހޯމަ ދުވަހުގެ ރޭ ކަރަށް ވަޅި ހެރުމުން ލިބުނު އަނިޔާތަކުގައި ޒަހަމްވި ޒުވާނާގެ ހާލު ވެސް ސީރިއަސްއެވެ.

އައްޑޫ ސިޓީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދާއިރު އޭނާގެ ހާލު ވެސް ސީރިއަސް އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް