ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 03:01
ޒުވާނާއަށް ހަމަލާދީ ޒަހަމްކޮށްލި ސަހަރައްދު ފުލުހުން ބަންދުކޮށްފައި--
ޒުވާނާއަށް ހަމަލާދީ ޒަހަމްކޮށްލި ސަހަރައްދު ފުލުހުން ބަންދުކޮށްފައި--
ރާއްޖެ އެމްވީ
ވަޅިހެރުން
ފުރާވަރު ކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
ޒަހަމްކޮށްލާފައި ވަނީ 14 އަހަރުގެ ކުއްޖެއް
އޭނާއަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން
އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ

ފުރާވަރު ކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

ބުދަ ދުވަހުގެ ރޭ މެންދަމު ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ އަނިޔާގެ ތަފްސީލެއް އެ ހޮސްޕިޓަލަކުން ހާމައެއް ނުކުރެއެވެ.

ފުރާވަރު އެ ކުއްޖާއަށް ހަމަލާދީފައި ވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު ގަލޮޅު ސަބުދޭރިޔާ މަގުންނެވެ. އޭނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން، އޭނާގެ ގައިން ފޭބި ލޭ ވަނީ އެ ސަރަހައްދު މަގުމައްޗަށް ފައިބާފައެވެ.

މިމާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ބުދަ ދުވަހުގެ ރޭ މެންދަމު ފުރާވަރު ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު ވެސް ވަނީ ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައެވެ. އަދި ހޯމަ ދުވަހުގެ ރޭ ޒުވާނެއްގެ ކަރަށް ވަޅި ހެރުމުން ލިބުނު އަނިޔާތަކުގައި ޒަހަމްވި ޒުވާނާގެ ހާލު ވެސް ސީރިއަސްއެވެ. އޭގެ ކުރިން އައްޑޫ ސިޓީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްވެ، ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ސިލްސިލާ މާރާމާރީތައް އާންމުވެފައިވާޢިރު، ވަޅިތަކެއް ހިފައިގެން މާލޭގައި މާރާމާރީ ހިންގަން އުޅުނު ގްރޫޕެއް ބުދަ ދުވަހުގެ ރޭ މާލެއިން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް