ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 19:19
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ރާއްޖެ އެމްވީ
އޭސީސީން ބަލަމުންދާ މައްސަލަ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ތަކެތި ހޯދުމަށް އެސްޓީއޯއާ ހަވާލު ކުރުމާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި
އެވޯޑް ކުރުން މަޑުޖައްސާލުމަށް ވަނީ އެދިފައި
އެސްޓީއޯ އާއި ތަކެތި ގަތުމަށް ހަވާލު ކުރުމުގައި ނާޖައިޒް ފައިދާތަކެއް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރޭ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތިހޯދުމަށް ނާޖާއިޒް ގޮތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޓީއޯ އާ ހަވާލު ކުރުމަށް މަސައްކަތް ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީން ފިނޭންސް މިނިސްޓްރީއަށް އަންގާރަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ހޯދައި ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން އެ މަސައްކަތް ވަކި ބައެއްގެ ނުފޫޒުން ނާޖާއިޒު ގޮތުގައި ދައުލަތަށް ގެއްލުންވާ ފަދަ ގޮތަކަށް އެސްޓީއޯއާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން ގެންދިއުމަށް ބުނެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

މި މައްސަލައަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ވާތީ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ޕްރޮސެސް މަޑު ޖައްސާލުމަށް ވަނީ ފިނޭންސް މިނިސްޓްރީއަށް އެދިފައެވެ.

ފިނޭންސް މިނިސްޓްރީ އަށް އޭސީސީން އެންގުމާ ގުޅިގެން، އެ މިނިސްޓްރީން ވަނީ ހައުސިންގ މިނިސްޓްރީ އަށް އެކަން އަންގާފައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ އަދި މެޑިކަލް އިކުއިޕްމަންޓްސް، މެޑިކަލް ފަރުނީވަރު އަސި ޓޫލްސް އޮފީސް ފަރުނީޗަރު ޑެލިވާ ކޮށް އިންސްޓޯލް ކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅިގެން އޭސީސީން މައްސަލައެއް ބައްދަލަވަމުން ދާތީ އެވޯޑްކުރެވިފައިވާ ފަރާތައް މަސައްކަތް އެވޯޑް ކުރެވުމުގެ ލިޔުން ހަވާލު ކުރުމާއި އަދި ކޮންޓްރެކްޓް ގައި ސޮއި ކުރުމުގެ ކަންކަން ވަކި ގޮތެއް އަންގަންދެން މަޑުޖައްސާލުމަށް އެދިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތް އެސްޓީއޯ އާއި ހަވާލުކޮށްފައި ވަނީ 11.6 މިލިއަން ޑޮލަރަށެވެ. އެސްޓީއޯ އާ މަސައްކަތް ހަވާލު ކޮށްފައި ވަނީ އޮޕަން ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ނޫން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް