ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 16:37
ސިޔާދު ގާސިމް ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަވަނީ
ސިޔާދު ގާސިމް ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ސިޔާދު ގާސިމް
ސިޔާދުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ބާތިލުކޮށްފި
އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިނުމުގެ ދައުވާ
ދައުވާ ބާތިލު ކުރީ މިއަދު ބޭއްވި އަޑުއެހުމުގައި

ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ބާތިލުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ފަސް މަސް ވަންދެން ހައްޔަރުކޮށްގެން ގެންގުޅުނު ސިޔާދުގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ބާތިލު ކުރީ ބުދަ ދުވަހުގެ މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތުގެ ދިނުމުގެ ދައުވާ އުފުލީ އޭނާގެ ސޮއިކޮށް، ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެ އިން ބޭރުން ގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ބުނެއެވެ.

ވިލާ ކުންފުނީގެ ފަރާތުން އެކަމަށް ދީފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައި ވެއެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ މިނިވަން ކުރީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް