ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 18:54
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
މުހައްމަދު ޝަރުހާން
ރިޝްވަތު ހިފުން
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދަށް ކުރި ރިޝްވަތު ދައުވާ ބާތިލުކޮށްފި
ދައުވާ ބާތިލުކުރީ ހެކި ނެތިގެން
ސިޔާދަށް ކުރާ ދައުވާ ވެސް ވަނީ ބާތިލުކޮށްފައި
ދައުވާތައް ބާތިލު ކުރީ ކްރިމިނަލް ކޯޓުގެ މިއަދުގެ ޝަރީއަތުގައި

ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފިއެވެ.

އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ދައުވާތައް ބާތިލު ކުރީ އެ ބޭފުޅުން ރިޝްވަތު ހިފި ކަން، އަދި އެ ބޭފުޅުންނަށް ރިޝްވަތު ދޭން ހުށަހެޅިކަން ސާބިތުވާނެ ހެއްކެއް ނެތުމުން ކަމަށެވެ.

ބަންދުގައި ތިއްބެވި އެ ތިން ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި، އެ ތިން ބޭފުޅުން ރިޝްވަތުގެ ފައިސާގައި ހިފާފައިވާކަން ޝަރީއަތަށް އެނގެން ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ، އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވި ކަމަށް ހިސާން ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް ރިޝްވަތު ދޭން އެއްވެސް އަމަލެއް ހިންގާފައިވާކަން ދަލާލުކޮށްދޭ އެއްވެސް ހެއްކެއް ދައުލަތަށް މިއަދާ ހަމައަށް ވެސް ކޯޓަށް ހުށަހަޅާފައި ނެތް. އެހެންކަމުން ދައުލަތުގެ ފަރާތުން އެފަދަ ހެއްކެއް ހުށަހެޅިފައި ނެތަތީ މި މައްސަލައަކީ މަދަނީ މިންގަނޑުން ވެސް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަން،" ހިސާން ވިދާޅުވިއެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލު ކުރިިޔަސް، އެ ބޭފުޅުން މިނިވަނެއް ނުވާނެ އެވެ. ސަބަބަކީ ތިން ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އެ ބޭފުޅުން ގެންދަވަނީ ތަމްފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް