ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 05:25
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް
މުހައްމަދު ޝަރުހާން
އަހްމަދު މަހްލޫފް
މަހްލޫފްގެ އިންޒާރު: ރައްޔިތުންގެ ނިންމުމާ ނުކުޅޭތި
މިއީ އިހުބަހާއި ފަހުބަސް
ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތައްޔާރަށް ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރު ކުރައްވާ

މިދިޔަމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަނީ ގޮތެއް ނިންމާފައި ކަމަށާއި އެނިންމުމާ ނުކުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އިންޒާރުކުރައްވައިފިއެވެ.

މަހްލޫފް މިހެން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ވޯޓާ ގުޅޭ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މަހްލޫފް ކުރެއްވި ޓްވީޓުގައި މަހްލޫފް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ނިންމުމާ ނުކުޅުމަށެވެ.

އަދި މިއީ އިހުބަހާއި ފަހުބަސް ކަމަށާއި ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތައްޔާރަށް ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރު ކުރެއްވުމަށާއި ރައްޔިތުންގެ ސަފުތައް އެ ފުލުހުންނާއި ސިފައިންގެ ފަހަތުން ރުކުރުވާލަން ތައްޔާރު ވެލެއްވުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންނެވިކަން ޤަބޫލު ކުރެއްވުމަށް ފަހު ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ބުދަދުވަހު ވަނީ ސްޕްރީމް ކޯޓަށް އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.

އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.6 ޕަސެންޓެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަނީ 58.4 ޕަސެންޓް ލިބިވަޑައިގެންފައެވެ. މިނަތީޖާ ޤަބޫލު ނުކޮށް ޕީޕީއެމްގެ ވަރަށް މަދު ބަޔަކު ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް