ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 19:10
އިންތިޚާބީ ރައީސް ސޯލިހް އާއި އެމްބެސެޑަރ އެލިސް ވެލްސް ބައްދަލު ކުރައްވަނީ
އިންތިޚާބީ ރައީސް ސޯލިހް އާއި އެމްބެސެޑަރ އެލިސް ވެލްސް ބައްދަލު ކުރައްވަނީ
މުހައްމަދު ޝަރުހާން
އިންތިޚާބީ ރައީސް ސޯލިހު
އިންތިޚާބީ ރައީސް ސޯލިހް ރާއްޖެ ވަޑައިގެންފި
ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ، އެމްބެސެޑަރ އެލިސް ވެލްސް ވަނީ ސޯލިހް އާ ބައްދަލު ކުރައްވާފައި
މިއީ އިންތިޚާބަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު
ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުދަދުވަހު މާލެ ވަޑައިގެންނެވުމާއެކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ، އެމްބެސެޑަރ އެލިސް ވެލްސް ވަނީ ވެލާނާ އިންޓަރނޭޝަނަލްގެ ވީވީއައިޕީ ލޯންޖްގައި އިންތިޚާބީ ރައީސް ސޯލިހް އާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މިއީ ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބަށް ފަހު، ސޯލިހް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މިއީ ފުރަތަމަ ދަތުރުފުޅެވެ. ކެމްޕެއިންގެ ދުވަސްވަރު އަވައްޓެރި ސްރީލަންކާއަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް