ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 15:30
އިލެކްޝަސް ކޮމިޝަންގެ ރައީސް ޝަރީފް
އިލެކްޝަސް ކޮމިޝަންގެ ރައީސް ޝަރީފް
މިހާރު
އިލެކްޝަންސް ކޮމިޝަން
އަލުން ބެލުމުންވެސް އިންތިޚާބު ބާތިލް ކުރެވޭވަރުގެ މައްސަލައެއް ފެންނާކަށް ނެތް: ޝަރީފް
އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުންވެސް މަކަރު ހަދާފައިވާ ކަމުގެ ސާބިތު ހެއްކެއް ފެންނާކަށެއް

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތުތަކާ ގުޅިގެން، އިންތިޚާބުގެ ހުރިހާ ކަމެއް އަލުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އިންތިޚާބު ބާތިލްކުރެވޭނެ ވަރުގެ މައްސަލައެއް ނުފެނުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މީޑިއާގައި މަޢުލޫމާތު ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އިންސާފުވެރި އިންތިޚާބުގެ ގޮތުގައި ދިވެހިރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ބަލައިގަނެފައިވާ އިންތިޚާބާ މެދު ޕީޕީއެމުން ތުހުމަތުތަކެއް ކުރި ނަމަވެސް އަންގާރަ ދުވަހާ ހަމައަށް އެ ކޮމިޝަނަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެ ކޮމިޝަންގެ މެމްބަރުންނާ މެދު ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި ޝައްކު އުފައްދަމުންދާތީ، އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުތަކާއި ޝަކުވާތައް އަލުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެތަކެތި މުރާޖައާ ކުރިއިރުވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް ކަމެއް އަދި އިންތިޚާބު ބާތިލް ކަމަށް ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުންވެސް އިންތިޚާބުގައި މަކަރު ހަދާފައިވާކަމުގެ ސާބިތު ހެއްކެއް ފެންނަން ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ޕީޕީއެމުން ތުހުމަތުކުރާ ގޮތަށް، އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޝަރީފް ވަނީ ތަކުރާރު ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީން ޝަރީފަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ޝަރީފްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޝަރީފް މިހެން ވިދަޅުވެފައިވަނިކޮށް ރައީސް ޔާމީންގެ ފަރާތުން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް