ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 13:44
އަލީ ހުސައިން
އަލީ ހުސައިން
ޕީޕަލް މެގަޒިން
މެމްބަރު އަލީ ހުސައިން
ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފައިސާ ރައްކާކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ކަމަށް ބުނެ އަލީ ހުސައިން ޕޮލިހަށް 
ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ

ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފައިސާ ރައްކާކުރުމަށް ރާއްޖެއިން ބޭރަށް ފުރާތީ އަލީ ހުސައިން އެމައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ. 

އަލީ ހުސައިން ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގެ އޮފިޝަލުންތަކެއް ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމައްސަލަ ފުލުހަށް ހުށައަޅަން ބޭނުންވީ އެކަން ސަމާލުކަން ގެނައުމަށްޓަކައި ކަމަށެވެ. 

އަލީ ހުސައިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފައިސާ ރައްކާކުރުމަށް ފުރާ ކަމުގެ މައުލޫމާތު ލިބުމުން އެމައްސަލަ ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށް ގެންނަން ނިންމީ އެކަން ހުއްޓުވުމަށް ކަމަށެވެ. 

ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އިސްވެރިންތަކެއް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޮކްޓޯބަރ 2018 | ބުދަ 09:59
އައިސަ
ބެދޭމަޅި ނުފެންނަ އަޅީ ކޮން އަޅީ??????