ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 06:04
ޗައިނާ ސަރުކާރުގެ ލޯނު އެހީގައި މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖް
ޗައިނާ ސަރުކާރުގެ ލޯނު އެހީގައި މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖް
ޓްވިޓަރ
ޗައިނާ - ރާއްޖެ
ސަރުކާރު ބަދަލުވިޔަސް ޗައިނާ-ރާއްޖެ ގުޅުމަށް ބަދަލެއް ނާންނާނެ: ޗައިނާ މީޑިއާ
ރާއްޖޭގައި ހިންގަނީ ދެޤައުމަށްވެސް ފައިދާހުރި ޕްރޮޖެކްޓްތައް: ޗައިނާގެ ތަޖުރިބާކާރުން

ޗައިނާއާއިއެކު ގާތްގުޅުމެއް ބާއްވަމުން އައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި، އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަމެއް ފެށޭއިރު، އައު ސަރުކާރާއި ޗައިނާއާއިއެކު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެކަމަށް ޗައިނާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާއާއި އެކު އޮންނަ ގުޅުން ކުޑަކޮށް، ޗައިނާއާއިއެކު އޮންނަ ގުޅުން ބަދަހިކޮށްފައިވާއިރު، އިންތިޚާބީ ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާއާއިއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރައްވާނެކަމަށެވެ. އަދި ޗައިނާއާއިއެކުވެސް ގާތް ގުޅުމެއް ބާއްވާނެކަމަށާއި، އިންޑިއާ ކަނޑުގެ މަސްލަހަތަށް އިސްކަން ދެއްވާނެކަމަށް އިންތިޚާބީ ރައީސް ސޯލިޙްއާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިތުރުން ގުޅިފައިވާ އެހެން ޕާޓީތަކުންވެސް ގެންދިޔައީ ހާމަކުރަމުންނެވެ. 

މިހާރުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ޗައިނާގެ ގްލޯބަލް ޓައިމްސްގައި އަންގާރަ ދުވަހު 'ވިން ވިން ފޯމިއުލާ' މިސުުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމެއްގައިވަނީ ގުޅިފައިވާ ޕާޓީތަކުން ބޮޑަށް އިންޑިއާއަށް އިސްކަންދިންކަމުގައި ވިޔަސް، އިންތިޚާބީ ރައީސް ސޯލިޙް އަކީ މެދުމުނުގެ ބޭފުޅެއްކަމަށެވެ. ނޫހުގައިވާ ލިޔުމުން އެކަން މާނަކޮށްފައިވަނީ މާބޮޑަށް ވަކިއަތަކަށް ޖެހިވަޑައިނުގެން، އިންތިޚާބީ ރައީސް ސޯލިޙް ޗައިނާ އަދި އިންޑިއާ އާއިވެސް ގުޅުން ބާއްވާނެކަމަށެވެ. 

ސިނަމާލެ ބްރިޖް: ކޮންމެ ދުވަހަކަށް އެތައް ބަޔަކު ބޭނުންކުރޭ

ހަމަ އެނޫހުގައި ޗައިނާގެ ވެސްޓް ނޯމަލް ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއްކަމަށްވާ ލޮންގް ޝިންގްޗުން އާއި ހަވާލާދީ ބުނެފައިވަނީ ރާއްޖޭގައި ޗައިނާ ސަރުކާރުން ހިންގީ ދެ ޤައުމަށްވެސް ފައިދާ ހުރި މަސައްކަތްތަކެއްކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހުޅުލެއާއި މާލެއާއި ދެމެދު އަޅާފައިވާ ބްރިޖް އޭގެ ތެރެއިން ފާހަގަކޮށްފައިވެއެވެ. މި ދެ ޕްރޮޖެކްޓަކީވެސް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ގެ އިސްނެންގެވުމަށް ޗައިނާއިން ގެންގުޅޭ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ހިންގާފައިވާ ޕްރޮޖެކްޓްތަކެވެ. 

ލޮންގް ވިދާޅުވީ ޗައިނާއިން ރާއްޖޭގައި އިންވެސްޓްކުރަނީ އިމާރާތްކުރުމުގެ ސިނާޢަތާއި ފަތުރުވެރިކަމުގައިކަމަށާއި، އެ ދެ ސިނާޢަތުގައި އިންޑިއާ އާއި ޗައިނާއިން ރާއްޖޭގައި ވާދަނުކުރާކަމަށެވެ. އަދި އިންޑިއާއިން އިންވެސްޓްކުރާ ދާއިރާތަކުގައި ޗައިނާއިން އިންވެސްޓް ނުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާއާއިއެކު ގާތްގުޅުންތަކެއް ބާއްވަމުން ދިޔަ ސަރުކާރުތައް ބަދަލުވަމުންދާއިރު އެސަރުކާރުތަކުން ފަށާފައިވާ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލަމުން ގެންދާކަން ފާހަގަކޮށް ޕްރޮފެސަރ ލޮންގް ވިދާޅުވީ މިފަދަ ކަންކަން ދިމާވާނެކަަމަށާއި، އެފަދަ ޙާލަތްތަކުގައި ޗައިނާ ކުންފުނިތަކުން އެމީހުންގެ މަސްލަހަތު ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން ޙިމާޔަތްކުރުމަށް ވިސްނަން ޖެހޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 އޮކްޓޯބަރ 2018 | ބުދަ 06:57
ތީހަމަތެދެއް
ތީހަމަތެދެއް ހަންފެތުރުމުގެ ޕޮލިސީބަދަލެއްނުވާނެ
10 އޮކްޓޯބަރ 2018 | ބުދަ 03:54
މެޑަމް އައިޝާ
އެއީ މަކަރު ބައެއް އެއްކަޅަ ހަމްބަން ޓޯޓާ