ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 01:39
ރިޔާޒް ރަޝީދު: ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ޚިޔާލު ތަފާތު ވެފައި
ރިޔާޒް ރަޝީދު: ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ޚިޔާލު ތަފާތު ވެފައި
މުހައްމަދު ޝަރުހާން
ރިޔާޒް ރަޝީދު
ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުން ރިޔާޒު ވަކިކުރަނީ
އަންގާރަ ދުވަހު ވަނީ އެމައްސަލަ ހުށަހަޅާފައި
އެކަން ކޮޅެއްގައި ނުޖެހުނީ ޤަވާއިދު އޮތް ގޮތުން

ވެރިކަން ކުރަމުން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު އެމަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު ބޭއްވި ޕީޕީއެމް ޕީޖީ ބައްދަލުވުމެއްގައި ޕީޕީއެމްގެ އިސް މެމްބަރަކު ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު އެމަގާމުން ދުރު ކުރުމަށް ހުށަހަޅުއްވާފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނަން ހާމަކުރަން ބޭނުން ނުވާ ޕީޕީއެމްގެ މެމްބަރަކު ވިދާޅުވީ ރިޔާޒު އެމަގާމުން ދުރު ކުރަން ހުށަހަޅާފައިވަނީ ގާސިމް އިބްރާހީމަށާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއެކު ނަގާފައިވާ ފޮޓޯއާއި ގުޅިގެންނާއި ރިޔާޒު އިދިކޮޅު ފަރާތްތަކަށް ފަހިވާ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ކަމަށެވެ.

އިލްހާމް ޢާއްމު ކޮށްފައިވާ ފޮޓޯ

އެ މެމްބަރު ވިދާޅުވެފައިވާ ގޮތުގައި ރިޔާޒު އެ މަގާމުން ވަކި ކުރުމަށް އަންގާރަ ދުވަހު ކުރި މަސައްކަތުގައި ގަވާއިދު އޮތް ގޮތުން އެކަން ވަނީ ނުކުރެވިފައެވެ. އެހެންކަމުން ރިޔާޒާ މެދު ފިޔަވަޅު އެޅުމަށް އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރާއްޖެ އެމްވީން ރިޔާޒާ ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ރިޔާޒްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ނަމަވެސް ބައެއް މީޑިޔާތަކަށް ރިޔާޒު ވިދާޅުވީ ގާސިމާއި ޖަމީލަށް މަރުހަބާ ދަންނަވާ ކޮށްފައިވާ ކަމަށް ބުނާ ޓްވީޓާއި ގުޅިގެން ޓްވިޓާއާއި ސުވާލު ކުރުމަށެވެ. އަދި ރިޔާޒު ވިދާޅުވީ އިލްހާމް ނަގާފައިވާ ފޮޓޯއަކީ އޭނާ އިން ތަނަކަށް ގޮސް އަބްޅޯއާއި އިލްހާމް ނެގި ފޮޓޯއެއް ކަމަށާއި، އެކަން އިލްހާމާ ސުވާލު ކުރުމުން ސާފުވާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އޭނާއާއި މެދު ފިޔަވަޅު އަޅަން އުޅޭ އިރު އަދިވެސް އޭނާއާއި ސުވާލު ނުކުރާތީ ކަންބޮޑުވެވަޑައިގެން ހުންނެވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް