ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 16:57
ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން
ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން
ކުޅުދުއްފުށި އޮންލައިން
ހދ އަތޮޅު ކައުންސިލް
އަތޮޅުގެ ސްކޫލުތަކުގެ އެންމެ މޮޅު ދަރިވަރުންނަށް ހދ އަތޮޅު ކައުންސިލުން ޓްރޮފީ ދެނީ
މިހާތަނަން 10 ސްކޫލަކަށް 36 ޓްރޮފީ ދީފި
ޓްރޮފީ ދެނީ އެކަމަށް އެދޭ ސްކޫލް ތަކަށް

ހދ އަތޮޅު ކައުންސިލުން ހދ އަތޮޅުގެ ސްކޫލްތަކުގެ އެންމެ މޮޅެތި ދަރިވަރުންނަށް ޓްރޮފީ ދޭން ފަށައިފި އެވެ.

ކައުންސިލުން އަލަށް ފެށި މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަލީ ވިދާޅުވެފައި ވަނީ ޓްރޮފީ ދޭން ނިންމީ ތައުލީމީ ގޮތުން ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ދަރިވަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ޓްރޮފީ ދެނީ އެކަމަށް އެދި ހުށައަޅާ ސްކޫލުތަކަށް ކަމަށާއި މިހާތަނަން 10 ސްކޫލަކަށް 36 ޓްރޮފީ ދީފައިވާކަމަށެވެ. ޓްރޮފީ ދެނީ އެސްކޫލް ތަކުގެ އިނާމް ދިނުމުގެ ޖަލްސާގައެވެ.

އަހަރީ އިނާމު ދިނުމުގެ ޖަލްސާތަކަށް ޓްރޮފީ ދޭން ކައުންސިލުން ފަށާފައި މި ވަނީ، އެކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމު 3 އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމާފައިވަނިކޮށެވެ.

މިހާތަނަށް ޓްރޮފީ ދީފައިވާ ސްކޫލުތަކަކީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ކުމުންދޫ ސްކޫލް، ނައިވައިދޫ ސްކޫލް، ފިނޭ ސްކޫލް، ނޮޅިވަރަމް ސްކޫލް، ހަނިމާދޫ ސްކޫލް، ނޮޅިވަރަމްފަރު ސްކޫލް އަދި ނެއްލައިދޫ ސްކޫލްގެ އިތުރުން ކުރިނބީ ސްކޫލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް