ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 15:42
އޭސީސީ: ފްލެޓް ދިން ގޮތް ހާމަކުރަން ޖެހޭނެ
އޭސީސީ: ފްލެޓް ދިން ގޮތް ހާމަކުރަން ޖެހޭނެ
ސަން އޮންލައިން
އޭސީސީން ބަލަމުންދާ މައްސަލަ
ފްލެޓަށް ޕޮއިންޓް ދިން ގޮތް ޢާއްމު ކުރުމަށް ހައުސިންގ މިނިސްޓްރީ އަށް އޭސީސީން އަންގައިފި
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ވަނީ އަންގާފައި
ޝަކުވާތަކަށް ލިޔުމުން ޖަވާބު ދޭން ޖެހޭނެ

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލް މަޢުލޫމާތު ޢާންމުކޮށް އިޢުލާން ކުރެއްވުމަށް ފަހު، އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދެއްވަން ވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން  ހައުސިންގ މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ގެންދަވާ ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އާދީއްތަ ދުވަހު އަންގާފައިވާނޭ ކަމަށެވެ.

އޭސީސީން ބުނީ މި މައްސަލަ މި ކޮމިޝަނުން ބެލުމަށް ފަހު މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާއިރު، ހިޔާ މަޝްރޫޢިން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އިވެލުއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމަށާއި އެ އިވެލުއޭޝަން މަރުޙަލާ ނިންމެވުމަށް ފަހު، ހިޔާ މަޝްރޫޢުއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލް މަޢުލޫމާތު ޢާންމުކޮށް އިޢުލާން ކުރެއްވުމަށް ފަހު، އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދެއްވަންވާނެ ކަމަށް ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.

އެ މުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ލިޔުމުން ޖަވާބު ދެއްވުމަށާއި، ދާއިމީ ލިސްޓް ނެރުއްވަން ވާނީ ހުށަހެޅި ޝަކުވާތަކާ ގުޅޭ ގޮތުން މިނިސްޓްރީން ނިންމަވާ ގޮތްތައް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެއްގެވުމަށް ފަހުގައި ކަމަށާއި، އަދި މިއިން ކޮންމެ މަރުޙަލާ އެއްގައިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރިޔަށް ގެންދެވުމަށްވެސް ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް