ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 13:16
މެޖިސްޓްރޭޓް އަހުމަދު ނިހާނު
މެޖިސްޓްރޭޓް އަހުމަދު ނިހާނު
ފޭސްބުކް
މެޖިސްޓްރޭޓް ނިހާންގެ މައްސަލަ
މެޖިސްޓްރޭޓް ނިހާނުގެ މައްސަލަ ހައިކޯޓުގައި ތާވަލްކޮށްފި
ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މައްސަަލަ ވަނީ ތާވަލްކޮށްފައި
ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވޭ

މެޖިސްޓްރޭޓް ނިހާނުގެ މައްސަލަ ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ނިހާނުގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ، ނިހާނުގެ އިސްތިއުނާފު މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ތާވަލްކޮށްފައިވަނީ ކޮން ގަޑިއަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުއެވެ. ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އަމުރެއް ނެރުނު މައްސަލައާއި ގުޅިގެން ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވަނީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާއާއި، ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާއެވެ.

ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ޓެރަރިޒަމްގެ ދާއުވާއާއި ގުޅިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް