ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 13:28
އީސީގެ ރައީސް ޝަރީފް އަދި ސްޕޯކްސްޕާސަން އަކްރަމް
އީސީގެ ރައީސް ޝަރީފް އަދި ސްޕޯކްސްޕާސަން އަކްރަމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އީސީގެ މެމްބަރުންނަށް ވަގަށް ގޮވި މައްސަލަ ޕޮލިހަށް ހުށައަޅައިފި
ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރި ދުވަހުން ފެށިގެން އިންޒާރުތައް ދަނީ ލިބެމުން
"ވަގަށް" ގޮވި މައްސަލަ ބްރޮޑްކާސްޓިން ކަމިޝަނަށް ހުށައެޅުމުގެ މަސައްކަތް ދަނީ ކުރަމުން

އިލެކްޝަންސް ކޮމިޝަން (އީސީގެ) މެމްބަރުންނަށް "ވަގަށް" ގޮވި މައްސަލަ ޕޮލިހަށް ހުށައަޅައިފިއެވެ.

އިލެކްޝަންސް ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އީސީގެ މެމްބަރުންނަށް "ވަގަށް" ގޮވި މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

"މުއާޒް ދައްކަވާފައި ވަނީ ސާބިތު ހިފޭ ވާހަކައެއް ނޫން. މިއަދު މައްސަލަ ޕޮލިހަށް ހުށައަޅައިފިން. ބްރޮޑްކާސްޓިން ކަމިޝަނަށް އެމައްސަލަ ހުށައެޅުމުގެ މަސައްކަތް ދަނީ ކުރަމުން. އެކަމާ ގުޅޭ ވީޑިއޯތައް އެއްކުރުމަށްފަހު މިއަދު އެމައްސަލަ އެކަމިޝަނަށްވެސް ހުށައަޅާނަން" ޝަރީފް ވިދާޅުވިއެވެ. 

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު ކޮމިޝަންގެ މެމްބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން ޝަރީފު ފިޔަވައި އެހެން މެމްބަރުން ވަނީ އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންފައެވެ.

ލަންކާގައި މި ވަގުތު ތިއްބެވީ އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތުގެ އިތުރުން މެމްބަރު އިސްމާއިލް ހަބީބެވެ. މަރުގެ އިންޒާރުތަކާއި ގުޅިގެން އެމައްސަލަވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ޝަރީފާއި އެހެން މެންބަރުން ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރަމުންދާއިރު އެ ތުހުމަތުތައް އެ ކޮމިޝަނުން ދޮގުކުރެއެވެ. ޕީޕީއެމް އިން ދަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް