ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 11:42
ހދ.ކުރިނބީ
ހދ.ކުރިނބީ
ގޫގުލް
ބިން ކުއްޔަށް ދޫކުރުން
ކުރިނބީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ
ބަނދަރުގެ އިރުމަތީކޮޅުން ތެލުގެ ވިޔަފާރިކުރުމަށް 600 އަކަފޫޓްގެ 1 ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި
މިބިންތައް ބިޑްގެ އުސޫލުން ކުއްޔަށް ހިފުމަށް ބޭނުންވާ މީހުން މިމަހު 18 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ

ހދ.ކުރިނބީ ބަނދަރު ސަރަހައްދުން ބިން ދޫކުރުމަށް އެރަށުގެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ކުރިނބީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ހުއްދަ ލިބިފައިވާތީ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ބަނދަރުގެ އިރުމަތީކޮޅުން ތެލުގެ ވިޔަފާރި ކުރުމަށް ހަމަޖެހިފައިވާ 600 އަކަފޫޓްގެ އެއްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ބަނދަރުގެ ދެކުނުކޮޅުން ގުދަން ހެދުމަށް 600 އަކަފޫޓުގެ އެއްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ދެކުނުކޮޅުން ކެފޭ/ރެސްޓޯރެންޓް ހެދުމަށް 1500 އަކަފޫޓުގެ ވެސް އެއް ބިން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިބިންތައް ބިޑްގެ އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ކަމަށާއި، މިމަހުގެ 14 ވާ އާދިއްތަ ދުވަހުގެ 10:30ގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މައުލޫމާތު ސާފު ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުންގެ މުއްދަތު ހަމަނުވާ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭ ކަމަށާއި، އަންދާސީހިސާބު ހުށަހެޅުންވަނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި ކަމަށެވެ. އަދި ސިޓީ އުރައިގައި ބޭރުގައި "ބަނދަރު ސަރަހައްދުން ކުލީ ބިން ހޯދުމަށް އެދި" މިހެން ލިޔެންފައި އޮންނަންވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައި ސިޓީއަކާއެކު ފޮނުއްވަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް