ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 09:46
ފުލުހުން ހޯދަމުންދާ އަބްދުﷲ ކާމިލް
ފުލުހުން ހޯދަމުންދާ އަބްދުﷲ ކާމިލް
މޯލްޑިވްސް ޕޮލިސް ސާރވިސް
ތަހުގީގަށް މީހުން ހޯދުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ހޯދަމުންދަނީ ނ. ހޮޅުދޫ، ސާދާގެ،46 އަހަރުގެ ޢަބްދުﷲ ކާމިލް

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ. ހޮޅުދޫ، ސާދާގެ،46 އަހަރުގެ އަބްދުﷲ ކާމިލްއެވެ.

ފުލުހުން ބުނީ ޢަބްދުﷲ ކާމިލް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތު ދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުވުމުގެ އަމުރަށް ޙާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 11 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

ވީމާ ޢަބްދުﷲ ކާމިލްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް