ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 09:44
ލޯޔަރ ރިއްފަތު 
ލޯޔަރ ރިއްފަތު 
މުހައްމަދު ޝަރުހާން
ގާނޫނީ ވަކީލު ވަހީދު
މެމްބަރުން މަޖިލީހަށް ވަނަ ނުދިނުމުގެ ޒިންމާ އެމްއެންޑީއެފުންނާއި ޕޮލިހުން ނަގަންޖެހޭ:ރިފްއަތު 
14 މަސްދުވަސްވަންދެން މަޖިލީހަށް ވަނަ ނުދިނީ ދިފާއީ ބާރުތަކުން
އެހަތަރު ދާއިރާ ތަމްސީލު ކުރައްވުމުގެ ފުރުސަތު ވަނީ ގެއްލިފައި

މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަނަ ނުދިނުމުގެ ޒިންމާ އެމްއެންޑީއެފުންނާއި ޕޮލިހުން ނަގަންޖެހޭ ކަމަށް ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހޯމަދުވަހު ކަނޑައެޅި މެމްބަރުންގެ ފަރާތުން ވަކާލާތު ކުރެއްވި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮނޑި ނުގެެއްލޭ ކަމަށް ކަނޑައެޅި ހަތަރު މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި އެ ބޭފުޅުންނަށް 14 މަސްދުވަސްވަންދެން މަޖިލީހަށް ވަނަ ނުދިނީ ދިފާއީ ބާރުތަކުންކަމަށެވެ.  ދިފާއީ ބާރުތަކުގައި ހިމެނޭ އެމްއެންޑީއެފާއި ފުލުހުން އެކަމުގެ ޒިންމާ ނަގަން ޖެހޭކަމަށް ރިފްއަތުގެ ޓްވީޓުގައި ވިދާޅުވިއެވެ. 

ރިފްއަތު ވިދާޅުވީ ދިފާއީ ބާރުތަކުން އެ ޒިންމާ ނަގަންޖެހޭނީ އެހަތަރު ދާއިރާ ތަމްސީލު ކުރައްވުމުގެ ފުރުސަތު ގެއްލިފައިވާތީ ކަމަށެވެ. 

ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅި ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި،ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުގެ އިތުރުން މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑިއެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި12 މެމްބަރުންގެ ތެރެއިން ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެއް ނުވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 އޮކްޓޯބަރ 2018 | އަންގާރަ 09:52
thabaa waakah
gaa noonun beyrun order ah thabaa waakah nujeheyne sifain
9 އޮކްޓޯބަރ 2018 | އަންގާރަ 07:52
ޢެކީގަ
Thihenakun noon polihuna sifain masakai kurahvanee oder ah.
9 އޮކްޓޯބަރ 2018 | އަންގާރަ 05:58
ދެރަނިކަމެތި މިހާ
ކޯޓުގައި އެ މެންބަރުންނަށް ނުވަދެވޭނެކަމަށް ވަކާލާތުކުރީ ބަންޑާރަ ނައިބުގެ އޮފީހުން އެ ބޭފުޅުންވެސް ޒިންމާ ނަގަންޖެހޭނެ
9 އޮކްޓޯބަރ 2018 | އަންގާރަ 05:02
އަދުލު
ތި ޒިންމާ ޖެނެރަލް ސިޔާމް ފުރިހަމަޔައް ނަގަންޖެހޭ އަދި ތި މައްސަލަ ބަލާ ހައްޤު އަދަބު ދޭންޖެހޭ މީނާވަނީ މީގެ އެތައް ޖަރީ މާއެއް އެމް، އެން ޑީ އެފް ތެރެއިން ހިންގާފަ...މީ ވަރައް ވާހަކަ