ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 05:18
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
މުހައްމަދު ޝަރުހާން
ރާއްޖެޓީވީގެ ފަލަ ސުރުހީ
ޕާޓީތަކުން ފޮނުވާހާ މީހަކު އިބޫ ގަބޫލުފުޅެއް ނުކުރައްވާނެ، އައްޔަން ކުރައްވާނީ ގާބިލު މީހާ: ރިޔާޒު
އިބޫ އެދިވަޑައިގަންނަވަނީ މަސީހު އިސްތިއުފާ ދެއްވުމަށް
މަޖިލިސް އިންތިހާބަށް ވެސް ނުކުންނާނީ އެކީގައި ކަމަށް ވިދާޅުވި

ކޯލިޝަން ޕާޓީތަކުން މަގާމުތަކަށް އައްޔަން ކުރެއްވުމަށް ފޮނުވާހާ މީހަކު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު މަގާމުތަކަށް އައްޔަން ކުރައްވާނީ މަގާމަށް ގާބިލު އަދި ރައްޔިތުން ބަލައިގަންނަ ބޭފުޅުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގުޅިފައިވާ ޕާޓީތައް ގުޅިގެން އުފައްދާފައިވާ "އަށާރަ ނަވާރަ ކޮމެޓީ"ގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ އާ ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރާނީ ޕްރޮފެޝަނަލް ރަނގަޅު މީހުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ޕާޓީއަކުން ފޮނުވާހާ ބޭފުޅަކު ގަބޫލުފުޅު ނުކުރައްވާނެކަން. އަޅުގަނޑު ގަބޫލު ކުރަނީ ޕްރޮފެޝަނަލް ރަނގަޅު، ކަންކަމަށް ގާބިލު މީހުން ކަން، އަދި ރައްޔިތުން އެ މީހުން ބަލައިގަންނާނެކަހަލަ މަސައްކަތްތަކެއް ކުރެވޭ މީހުންކަން،" ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް އޮތީ ގުޅިފައިވާ ޕާޓީތަކަށް ކަމަށާއި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑީގެ ސައްހަކަން ކަށަވަރުވުމުން ގުޅިފައިވާ ޕާޓީތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި ވިދާޅުވީ ވާކީ ތިއްބެވި އަށް މެމްބަރުންގެ ގޮނޑީގެ ސައްހަކަން ސުޕްރީމް ކޯޓުން ކަށަވަރު ކުރުމާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު އަނެއްކާވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީއަށް މެމްބަރުން ތަބާވެވަޑައިގެން، މަސީހު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެންމެ ރީތި ގޮތަކީ އެއީ ކަމަށެވެ. މަސީހު މަގާމުން އިސްތިއުފާ ދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވެސް އޭނާއަށް ދަންނަވާފައިވާނެ ކަމަށާއި އިންތިހާބީ ރައީސް ސޯލިހު އެދިވަޑައިގަތުމަކީ ވެސް އެއީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މަސީހު އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް. ވަރަށް ޑިޕްލޮމެޓިކްކޮށް ވެސް އެމަނިކުފާނަށް ދަންނަވައިފިން. އެއީކަން އިންތިހާބީ ރައީސް ވެސް ބޭނުންފުޅުވާ ގޮތަކީ އެބޭފުޅާ ރީތިކޮށް އިސްތިއުފާ ދެއްވުންކަން،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ނުކުންނާނީ ގުޅިގެން ކަމަށާއި މަޖިލިސް އިންތިހާބު ވެސް ބޮޑުތަކުން ކާމިޔާބު ކުރާނީ ކޯލިޝަނުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
9 އޮކްޓޯބަރ 2018 | އަންގާރަ 07:14
ވޯޓުވެސް ލާންޖެހޭނެ
ވޯޓުވެސް ލާންޖެހޭނެ