ކ. މާލެ
|
8 އޮކްޓޯބަރ 2018 | ހޯމަ 13:54
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
މަޖިލިސް
މަސީހުގެ އިތުބާރު މައްސަލަ
މަސީހު އިސްތިއުފާ ދީ، މަގާމުން ދުރުކުރުމުގެ މަސައްކަތް އެބަ ކުރަން: ރިޔާޒު
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިން ފަހަރު މަޖިލީހަށް ހުށަހަޅާފައިވޭ
މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްއަށް މިވަގުތު އެންމެ ރަނގަޅު ވާނީ ރީތި ގޮތުގައި އިސްތިއުފާ ދެއްވުން ކަމަށާއި އިސްތިއުފާ ނުދެއްވި ނަމަވެސް، މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

"މަސީހު ރީތިކޮށް އިސްތިއުފާނުދެއްވާ ކަމުގައިވަނީ ނަމަ ނޯ ކޮންފިޑެންސް [ވޯޓް] ނަގައިގެން މަޖިލީހުގެ އެމަގާމުން ބޭރުކުރާނަން. އެމަސައްކަތް ކުރިއަށް މިހާރުވެސް އެބަދޭ. އެކަމުގައި ބަދަލެއް ނެތް." ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވި އެވެ. 

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 2017 ވަނަ އަހަރު ތިން ފަހަރުގެ މަތިން މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި އެވެ. އެންމެ ފުރަތަމަ އެ މައްސަލަ 26 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެފަހަރު އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓު ނަގާފައިވަނީ ވޯޓުލާ ސިސްޓަމުގައި މައްސަލަ އުޅޭ ކަމަށް ބުނެ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލުކޮށްގެންނެވެ. އެ މައްސަލަ ނިމިގެންދިޔައީ މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވެގެންނެވެ.

ދެވަނަ ފަހަރު މައްސަލަ ހުށަހަޅާފައިވނީ 31 މެންބަރުންގެ ސޮޔާއެކު 2017 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ދެ ވަަނަ ފަހަރަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މައްސަލަ ހުށަހެޅުމަށް ފަހު މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު އެވެ. އެ ބަދަލުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް 42 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އެ ބަދަލާއެކު، ޕީޕީއެމްގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ޖުމުލަ 45 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް އެމައްސަލަ ވެއްދީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ނަމަވެސް މަޖިލީހުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ބޭރުކޮށްލާފައިވަނީ ސޮއިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް