ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 21:31
މެމްބަރު ސައުދު ހުސައިން
މެމްބަރު ސައުދު ހުސައިން
ޕީޕަލް މެގަޒިން
12 މެމްބަރުންގެ ގޮނޑި
ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައިފި
މިއަދު އިތުރު ތިން ގޮނޑިއަކާމެދު ގޮތް ކަނޑައަޅާނެ

16:17: ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައިފި އެވެ.

15:33: ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާއިފި އެވެ.

13:35: ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައަޅައިފި އެވެ.

މެމްބަރު ވަހީދު

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ލޯޔަރު ވައްޑެ ހުށަހެޅި މައްސަލާގައި ޝަރީއަތް ހިންގުމަށް ފަހު، ހޯމަ ދުވަހު ކުރި ހުކުމެއްގައެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރުގެ ގޮނޑީގެ ސައްހަކަން ސުޕްރީމް ކޯޓުން ކަށަވަރު ކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާތަކުގައި އޭނާ ބައިވެރިވުމުގެ ފުރުސަތު ނުދޭތާ އެއް އަހަރާއި ދެ މަހާއި 25 ދުވަސްފަހުންނެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ ގޮނޑީގެ ސައްހަކަން ކަށަވަރު ކޮށްދީފައިވާއިރު، މިއަދު އިތުރު ތިން މެމްބަރެއްގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެއެވެ. އެގޮތުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑިއާމެދު ވެސް އެ ކޯޓުން ގޮތެއް ކަނޑައަޅާނެއެވެ.

ސައުދުގެ ގޮނޑިއާ މެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުން 11ގައި ފަށަން ވަނީ ޝެޑިއުލް ކޮށްފައެވެ. އަދި މެންދުރުފަހު 1:00ގައި ލަތީފުގެ ގޮނޑިއާ މެދު ގޮތެއް ކަނޑައެޅުމަށް ތާވަލު ކޮށްފައިވާއިރު، އަމީތުގެ ގޮނޑީގެ ޝަރީއަތް އޮތީ މެމްދުރުފަހު 14:00ގައެވެ.

ވޭތުވެދިޔަ މުއްދަތުގައި މަޖިލީހުން ފާސްކުރި މިއަހަރުގެ ބަޖެޓާއި ބިލުތަކާއި މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމުގައި މަޖިލީހުގެ 12 މެމްބަރަކަށް ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ޕީޕީއެމަށް މެޖޯރިޓީ ގެއްލުމާއެކު އެ 12 މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުކޮށް، މަޖިލިސް ކުރިއަށް ގެންދިޔަ މުއްދަތުގައި މަޖިލިސް ބޭނުންކޮށްފައި ވަނީ ސަރުކާރުން ބޭނުންވާ ކަންތައްތައް ފާސްކުރަން އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
8 އޮކްޓޯބަރ 2018 | ހޯމަ 08:24
އަޙްމަދު
ގޮނޑިގެއްލިފައިވާ ހަމައެކަނި މީހަކީ ރައީސް ޔާމީނެވެ. ވަރަށްސާފެވެ.
8 އޮކްޓޯބަރ 2018 | ހޯމަ 07:29
ޖާދޫ
ވަރަށް އުފާވެއްޖެ. އެކަމަކު ތި ހުކުމް މާބޮޑަށް ލަސްވީތީ ވަރަށް ދެރަވެއްޖެ