ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 22:29
މާރާމާރީގައި ޒަހަމްވި އީވާން
މާރާމާރީގައި ޒަހަމްވި އީވާން
މިހާރު
މާރާމާރީ ހިންގުން
މާރާމާރީގައި ޒަހަމްވި ޒުވާނާގެ ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފި
ފުއްޕާމެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ހާލު ސީރިއަސްވި މުހައްމަދު އީވާންގެ ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އީވާންގެ ފުއްޕާމޭގެ އޮޕަރޭޝަން ކުރީ ރޭ މެންދަމުގެ އެވެ. ވަޅިޖެހުމުގެ ސަބަބުން ފުއްޕާމެއަށް އެޅިފައިވާ ލޭ ސާފުކުރުމަށާއި ފުއްޕާ މޭގެ ހޮޅިއަކަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް ކުރި އެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ނެގި ކަމަށް އީވާންގެ އާއިލާއިން ބުނެ އެވެ.

"އޮޕަރޭޝަނަށް ފަހު އީވާންގެ ހާލު ކުޑަކޮށް ރަނގަޅު، މިހާރު ވެސް އޮތީ އައިސީޔޫގައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އީވާން އަށް ހަމަލާ ދިނީ ރައްޓެހި ބަޔަކާ ބައްދަލު ކުރަން މަރަދޫ ފޭދޫއަށް ގޮސް އުޅެނިކޮށެވެ. މަރަދޫ ފޭދޫ ބޮޑުމަގުގައި ހުރި މިސްކިތެއްގެ ކައިރީގައި އީވާން ހުއްޓާ 16 މީހުންގެ ގްރޫޕަކުން އޭނާ އަށް ހަމަލާދިން ކަމަށް އާއިލާ އިން ބުނެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް ވިދާޅުވެފައި ވަނީ އީވާންގެ ބުރަކަށްޓަށާއި، ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 17 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް