ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 21:19
އެލައިސް ވެލްސް
އެލައިސް ވެލްސް
ގެޓީ އިމޭޖަސް
އެމެރިކާ ސަފީރު
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އިސްވެރިޔަކު ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެއާއި ލަންކާއަށް ވަޑައިގަންނަވާނީ މިމަހުގެ 9 އިން 11 އަށް

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ، ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ އެންމެ އިސްވެރިޔާ އެލައިސް ވެލްސް ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

އެކްޓިން ސެކެރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ މަގާމުގައި ހުންނެވި، ކުރިން އެމެރިކާއިން ޖޯޑަން އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެލައިސް ވެލްސް ސްރީ ލަންކާ އާއި ދިވެހިރާއްޖެ އަށް ވަޑައިގަންނަވަނީ މި މަހުގެ 9 އިން 11 އަށެެވެ. 

ވެލްސްގެ މިދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ވެލްސް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ރިޔާސީ އިންތިޚާބަށް ފަހު ބޭރުގެ ބައެއް ގައުމުތަކުގެ ޑިޕްލޮމެޓުން ދަނީ ރާއްޖެ ވަޑައިގަންނަވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީސް ފޯ އޭޝިއާ ޕެސިފިކް މާކް ފީލްޑް ވެސް ރާއްޖެ ވަޑައިގެންނެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް