ވިލް ސްމިތް އެންމެ ފިލްމް ކުޅޭ ހިތް ވަނީ އައިޝްވަރިޔާ ރާއި އާއެކު ކަމަށް އޭނާ ބުނެފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ އިންޑިއާ އަށް ދާދި ފަހުން ކުރި ދަތުރެއްގެ ތެރެއިންނެވެ.
މި ދަތުރުގައި އޭނާ ވަނީ "ބްގްރާ" ގެ ބައެއް ޑާންސް ސްޓެޕްތައް ފަރްހާން އަހްތަރްގެ ފަރާތުން ދަސްކޮށްފައެވެ.
ވިލް ސްމިތް ވަނީ ރަންވީރް ސިންގް އާއި ކަރަން ޖޮހަރްއާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަރގްރާމްގައި ޝެއަރ ކޮށްފައެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި އެ ދެ ތަރިންނާއެކު އެކުވެސް ވިލް ސްމިތް ހޭދަކޮށްފައިވަނީ ވަރަށް ހެއްވާ މަޖާ ވަގުތުކޮޅެކެވެ.
 
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
