ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 22:18
ޔޫރަޕިއަން ޔޫނިއަންގެ ސަފީރު އިންތިޚާބީ ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ޔޫރަޕިއަން ޔޫނިއަންގެ ސަފީރު އިންތިޚާބީ ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޔޫރަޕިއަން ޔޫނިއަންގެ ސަފީރު
ޔޫރަޕިއަން ޔޫނިއަންގެ ސަފީރު އިންތިޚާބީ ރައީސް ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޒިޔާރަތް ކުރެއްވީ އާދީއްތަ ދުވަހު
މިހާރުވެސް ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ
ތިމާވެށްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކެސެލެންސީ ޓުނގް-ލައި މާގިއޫ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި އާދީއްތަ ދުވަހު އޮތް މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖޭގައި އިސްލާހީ މަސައްކަތްތައް ކުރިއެރުވުމަށް ކުރަމުން ގެންދާ ކަންކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އެއޮފީހުން ހާމަކުރެއްވި ގޮތުގައި  ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު މިހާރުވެސް ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ކަމުގައި އީޔޫ ސަފީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގައި މުއައްސަސާތައް އިސްލާހް ކުރުމާއި، ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާއާއި، ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް