ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 21:09
ޔޫކޭގެ ފޮރިން މިނިސްޓަރު މާކް ފީލްޑް
ޔޫކޭގެ ފޮރިން މިނިސްޓަރު މާކް ފީލްޑް
ވީޑިއޯ ސްކްރީން ޝޮޓް
މާކް ފީލްޑް
ޔޫކޭގެ ފޮރިން މިނިސްޓަރު މާކް ފީލްޑް މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިންނާ ބައްދަލުކުރައްވައިފި
ބައްދަލު ކުރެއްވުން އޮތީ ހޮޓެލް ޖެންގައި
މާކް ފީލްޑް ވަނީ އިންތިޚާބީ ރައީސް ސޯލިހާވެސް ބައްދަލު ކުރައްވާފައި

އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ސިވިލް ސޮސައިޓީތަކާއި ނޫސްވެރިންނާއި އާދީއްތަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

ވަކި ވަކިން މި ބައްދަލުވުންތައް ބާއްވާފައިވަނީ ހޮޓެލް ޖެން ގައެވެ.

މާކް ފީލްޑް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. 

މާކް ފީލްޑް ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ. ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުންނާ މާކް ފީލްޑް ބައްދަލުކުރެއްވިއިރު، ރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ކުރިއެރުވުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް އެހީތެރިވެދޭނެ ދާއިރާތައް ބައްލަވައި މަޝްވަރާ ކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް