ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 18:14
ގޯތި ފޯމް ނެގުމަށް ހައުސިން މިނިސްޓްރީގައި އާދީއްތަ ދުވަހު ގިނަ ބަޔަކު ކިޔޫ ޖެހިގެން
ގޯތި ފޯމް ނެގުމަށް ހައުސިން މިނިސްޓްރީގައި އާދީއްތަ ދުވަހު ގިނަ ބަޔަކު ކިޔޫ ޖެހިގެން
މުހައްމަދު ޝަރުހާން
ހުޅުމާލެއިން ގޯތި ދޫކުރުން
ގޯތި ދޫކުރުން ހުއްޓާލަން އަންގާފައި ވަނިކޮށް ފޯމު ދޫކުރަން ފަށައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދިނުމަށް ހުޅުވާލާކަމަށް އިއުލާނު ކުރީ ކުއްލި ގޮތަކަށް

ހުޅުމާލޭ ދެވަަނަ ފިޔަވަހިން ގޯތި ދޫކުރުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވަނިކޮށް ގޯއްޗަށް އެދޭ ފޯމު ހައުސިން މިނިސްޓްރީން ދޫކުރަން ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދިނުމަށް ހުޅުވާލާކަމަށް އިއުލާނުކުރީ އާދީއްތަ ދުވަހު މެންދުރު ފަހު އެވެ. ހަވީރު 4:30 އިން ފެށިގެން ފޯމް ދޫކުރަން ފަށާފައިވާއިރު، ހައުސިން މިނިސްޓްރީގެ ގޯތިތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި އެބަ ތިއްބެވެ.

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ބޮޑު ބަލި ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، މި މަރުހަލާގައި ސަރުކާރުގެ ބައެއް އޮފީސްތަކުން އާ މަޝްރޫއުތަކާއި ބޮޑެތި ހަރަދުތައް ހިންގަމުންދާތީވެ، އެކަންކަން ހުއްޓާލުމަށާއި އާ މަޝްރޫއެއް ނުފެށުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން ވަނީ އެދިފަ އެވެ.

ހުޅުމާލެ ދެ ވަނަ ފޭސް އިން 400،000 ރުފިޔާ އަށް 400 ގޯތި ދޫކުރާއިރު، އެ ފޭސް އިން އެންމެ ފުރަތަމަ ގޯތި ދޫކޮށްފައި ވަނީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގަކީ ތިން މިލިއަން ރުފިޔާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް