ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 18:03
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
އިންތިހާބީ ރައީސް ސޯލިހު
އިންތިޚާބީ ރައީސް ސޯލިހް މިރޭ ރާއްޖޭން ބޭރަށް ވަޑައިގަންނަވަނީ
އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 10 ގައި

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް ސޯލިހުގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިންތިހާބީ ރައީސް ސޯލިހުގެ މި ދަތުރުފުޅަށްފަހު، މިމަހުގެ 10 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބީ ރައީސް ސޯލިހު ވަޑައިގަންނަވަނީ ކޮން ގައުމަކަށް ކަމެއް މާރިޔާ ވިދާޅެއް ނުވެއެވެ. 

މިއީ ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބަށް ފަހު، ސޯލިހް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. ކެމްޕެއިންގެ ދުވަސްވަރު އަވައްޓެރި ސްރީލަންކާއަށް ވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް