ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 17:05
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
މިހާރު
ހުޅުމާލެ ދެވަނަ ފިޔަވަހި
ހުޅުމާލޭން 400 ގޯތި ދޫކުރަނީ
އަކަ ފޫޓެއް ވިއްކަނީ 400ރ. އަށް
ގޯއްޗެއްގެ ޖުމުލަ އަގަކީ 400،000 ރުފިޔާ

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އާ މަޝްރޫއުތަކެއް ނުފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މުއައްސަސާތަކަށް އަންގާފައި ވަނިކޮށް، ހުޅުމާލޭ 2 ވަނަ ފޭހުން 400 ގޯތި ދޫކުރަން ނިންމައިފި އެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާއިރު، އެ މަނިކުފާނުގެ ދައުރު ހަމަވުމަށް 41 ދުވަހަށް ވެފައި ވަނިކޮށް ހައުސިން މިނިސްޓްރީން އިއުލާނުކުރި މި ގޯތިތައް ހުޅުވާލާފައި ވަނީ ހަމައެކަނި މާލޭގެ ރަށްވެހިންނާއި މާލޭގެ ދަފުތަރުގައިވާ މީހުންނަށް އެކަންޏެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދޫކުރާނީ 1000 އަކަފޫޓްގެ ގޯތި ކަމަށާއި، އަކަ ފޫޓެއް ވިއްކަނީ 400ރ. އަށް ކަމަށެވެ. މި ރޭޓުން ބަލާއިރު، ގޯއްޗެއްގެ ޖުމުލަ އަގަކީ 400،000 ރުފިޔާއެވެ.

ހިޔާނާތާއި ރިޝްވަތުގެ ތުހުމަތުކުރެވިފައިވާ މި ސަރުކާރުން ހުޅުމާލޭ 2 ވަނަ ފޭހުން ދޫކުރާ 400 ގޯއްޗަށް، 160 މިލިއަން ރުފިޔާ ލިބޭނެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ގޯތިތައް ދޫކުރަން ހަމަޖައްސާފައިވަނީ މާލޭގައި ބޯހިޔާވަހިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންނަށް ކަމަށާއި، މި ގޯތިތަކަށް މާދަމައިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

"މި ކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ލުއި ކަމެއް ލިބިގެން ދާނެ." މުއިއްޒު ވިދާޅުވި އެވެ.

މި ގޯތިތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުން ހޮވާނީ ގުރުއަތުން ކަމަށާއި 400،000 ރުފިޔާ އެއް ފަހަރާ ނުދެއްކޭ މީހުންނަށް ޑައުން ޕޭމެންޓްގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބާކީ ބައި 10 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 އޮކްޓޯބަރ 2018 | އާދީއްތަ 10:06
އަންމަ
ތިކަމެއް މުއިއްޒުބެޔަކަށް ނުވާނެ. އަދިވެސް ގަދަފައި ވިއްދަނީ. 40 ދުވަސްފަހުން މުއިއްޒުބެ ހޫރާލެވޭނެ.
7 އޮކްޓޯބަރ 2018 | އާދީއްތަ 09:29
މުހައްމަދު
އެންޓި ކޮރަޕްޝަން ކޮމިޝަނުން ގޮވަ ގޮވަ އޮައްވާ މިކަން މިގޮތައްކުރުމުން އެއްބައި ރައްޔިތުން ލިބޭ އަނިޔާައަކައް މިކަން ވެގެން ދާނީ
7 އޮކްޓޯބަރ 2018 | އާދީއްތަ 09:27
ނޯ
މާ ލަސްވެއްޖެ