ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 14:57
އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިންތިޚާބީ ރައީސް ސޯލިހްއާ މިއަދު ބައްދަލު ކުރައްވަނީ
އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިންތިޚާބީ ރައީސް ސޯލިހްއާ މިއަދު ބައްދަލު ކުރައްވަނީ
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ޔޫކޭގެ ފޮރިން މިނިސްޓަރު މާކް ފީލްޑް އިންތިޚާބީ ރައީސް ސޯލިހްއާ ބައްދަލު ކުރައްވައިފި
ރާއްޖެ އާއި އިނގިރޭސި ވިލާތުގެ ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައި

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީސް ފޯ އޭޝިއާ ޕެސިފިކް މާކް ފީލްޑް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިންތިޚާބީ ރައީސްގެ ކެމްޕޭން އޮފީހުގަ އެވެ. މި މަޝްވަރާތަކުގައި، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިބޫއާއި މިއަދު ބައްދަލު ކުރައްވަނީ  

މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިނގިރޭސި ވިލާތުގެ ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.މާރކް ފީލްޑްގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މުހައްމަދު އާސިމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މާރކް ފީލްޑްގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފުންނާބު އުސްޤާނޫނީ ވަކީލުންނާއި މަދަނީ ޖަމްއިއްޔާތަކުގެ އިސްފަރާތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަށް ކުރިއެރުވުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް އެހީތެރިވެދޭނެ ދާއިރާތަށް ބަލާ މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް ވިދާޅުވެފައިވަނީ  ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް އަމާން ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިންތިޚާބީ ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށާއި، އަދި ރާއްޖެއާއި އެކު އަލަށް ފެށިދާނެ ކަންތައްތަކާާއި ގުޅޭ މަޝްވަރާތަށް ކުރެވިފައިވާ ކަމަށެވެ.

 މިއީ އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު މާކް ފީލްޑް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުއެވެ.

ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރްހަލާ މިހާރު ފެށިފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަފީރުން ދަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް