ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 11:16
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން
ޕީޕަލް މެގަޒިން
މެމްބަރު އަލީ ހުސައިން
ބިޑަކާ ނުލާ ދީފައި ހުރި ފަޅުރަށްތައް ދައުލަތަށް ނަގަން ޖެހޭ: އަލީ ހުސައިން
އަންނަން އޮތް ޖީލުތަކަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ކަމެއް
ކަރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ދީފައިވާ  ރަށްތަކާއި ފަޅުތައް ދައުލަތަށް ނަގަން ޖެހޭ
ސަރުކާރުން ޓޫރިޒަަމްގެ ބޭނުމަށް ދޫކުރި 50 އަށް ވުރެ ގިނަ ފަޅުރަށާއި ފަޅުތައް ބިޑަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫކުރުމުގައި އެމަނިކުފާނުގެ ހިއްސާ އެބައޮތް

ބިޑަކާ ނުލާ ދީފައި ހުރި ފަޅުރަށްތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޑަކާ ނުލާ ދީފައިހުރި ރަށްތަކާއި އަދި ކަރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ދީފައިވާ  ރަށްތަކާއި ފަޅުތައް ދައުލަތަށް ނަގަން ޖެހޭ ކަމަށެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީން ސަރުކާރުގެ ކަރަޕްޝަން އިންތިހާއަށް ގޮސްފައިވާއިރު  އެމަނިކުފާނުގެ ސަރުކާރުން ޓޫރިޒަަމްގެ ބޭނުމަށް ދޫކުރި 50 އަށް ވުރެ ގިނަ ފަޅުރަށާއި ފަޅުތައް ބިޑަކަށް ނުލައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫކުރުމުގައި އެމަނިކުފާނުގެ ސީދާ ބައިވެރިވުން އޮތް ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (އޯސީސީއާރުޕީ)ގެ ތަހުގީގު ރިޕޯޓެއްގައި ވަނީ ބުނެފައެވެ. 

އަލްޖަޒީރާ އިން ކޮރަޕްޝަނާ ބެހޭ ގޮތުން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ގެނެސްދިން ޑޮކިއުމެންޓަރީގައި ވެސް ވަނީ މިސަރުކާރުގެ ކޮރަޕްޝަނާއި ބެހޭގޮތުން އަލިއަޅުވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް