ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 09:29
މާރކް ފީލްޑް އާއި ފޮރިން ސެކެޓްރީ އަހްމަދު ސަރީރު އެއަރޕޯޓްގައި ބައްދަލުކުރައްވަނީ
މާރކް ފީލްޑް އާއި ފޮރިން ސެކެޓްރީ އަހްމަދު ސަރީރު އެއަރޕޯޓްގައި ބައްދަލުކުރައްވަނީ
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ޔޫކޭ ގެ ފޮރިންގް އެންޑް ކޮމަންވެލްތް އޮފީސް ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް މާރކް ފީލްޑް ރާއްޖެވަޑައިގެންފި
މި ދަތުރުފުޅުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައި

އިނގިރޭސިވިލާތުގެ ފޮރިންގް އެންޑް ކޮމަންވެލްތް އޮފީސް ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް މާރކް ފީލްޑް ރާއްޖެވަޑައިގެންފިއެވެ. އެ މަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްހަބާ ދެންނެވީ ފޮރިން ސެކެޓްރީ އަހްމަދު ސަރީރުއެވެ.

 

މާރކް ފީލްޑްގެ މި ދަތުރުފުޅުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށާއި، އަދި އެ ގައުމުން ރާއްޖެއަށް އެހީވެން އޮތް ދާއިރާތަށް ބަލާ އެކަމާއި ބެހޭ މަޝްވަރާތަށް ކުރައްވާނެއެވެ. މާރކް ފީލްޑްގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މުހައްމަދު އާސިމާއި ސިޔާސީ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާރކް ފީލްޑް ފޮރިން ސެކެޓްރީ އަހްމަދު ސަރީރު އާއި  އެއަރޕޯޓްގައި ބައްދަލު ކުރައްވަނީ

  މީގެ އިތުރުން ރާއްޖޭގެ ފުންނާބު އުސްޤާނޫނީ ވަކީލުންނާއި މަދަނީ ޖަމްއިއްޔާތަކުގެ އިސްފަރާތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަށް ކުރިއެރުވުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް އެހީތެރިވެދޭނެ ދާއިރާތަށް ބަލާ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރްހަލާ މިހާރު ފެށިފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަފީރުން ދަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް