ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 21:33
އިންތިހާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ
އިންތިހާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ
މުހައްމަދު ޝަރުހާން
އިންތިހާބީ ރައީސް ސޯލިހު
ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، ގައުމުތަކުގެ ވެރިންނަށް މިދަނީ ދައުވަތު ފޮނުވަމުން: މާރިޔާ
ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި މިހާރު ވެސް ދައުވަތު ފޮނުއްވަމުން ގެންދަވާ ކަމަށް އިންތިހާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ސޯލިހުގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިންތިހާބީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ދިވެހި ރައްޔިތުން ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އިނޯގްރޭޝަން ކޮމެޓީން ކުރަމުންދާއިރު، ބޭރު ބައެއް ގައުމުތަކުގެ ވެރިންނަށް ވެސް ދައުވަތު ފޮނުއްވަމުން ގެންދަވާ ކަމަށެެވެ. 

ނަމަވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވެނީ ކޮން ބޭފުޅުންނެއްކަން އަދި މިހާތަނަށް އެނގިވަޑައި ނުގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ. 

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ ކޮންދުވަހެއްގައި ކަން އަދި މިހާތަނަށް ޔަގީން ނުވި ނަމަވެސް، ނޮވެމްބަރު 11 ނުވަތަ ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވާނެއެވެ. 

އިންތިހާބީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. 

ރިޔާސީ އިންތިހާބު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިންނާއި އިސް ބޭފުޅުން ގެންދަވަނީ މަރުހަބާ ދަންނަވަމުންނެވެ. 

އިންތިހާބީ ރައީސް ސޯލިހު އެންމެ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައި ވެއެވެ.

ޕާކިސްތާނު ޓުޑޭގައި ރިޕޯރޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ރައީސް އިމްރާހް ޚާން އަށް ފޯނުން ގުޅުއްވައި އިބޫ ވަނީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. ޕާކިސްތާނު ޓުޑޭގައި ބުނެފައި ވަނީ އިބޫގެ ފޯންކޯލްގައި ދެ ފަރާތަށް ވެސް އެއްބަސްވެވޭ ތާރީޚެއްގައި ރާއްޖެ ވަޑައިގަތުމަށް އިބޫ އިމްރާން ޚާންގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެ ދައުވަތު އިމްރާން ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް