ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 17:30
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ރައީސް ނަޝީދާއެކުގައި
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ރައީސް ނަޝީދާއެކުގައި
ރައީސް އޮފީސް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ސުޕްރީމް ކޯޓުން އަމުރެއް ނެރޭނަމަ ފަނޑިޔާރުންގެ ނަމާއި ސޮއި އޮންނަން ޖެހޭނެ!
އިލެކްޝަންސް ކަމިޝަންގެ ނިންމުމެއް އެކަމިޝަނަށް ބާތިލް ކުރެވޭނެ
ދުސްތޫރީ ނަޒަރަކުން ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް

ސުޕްރީމް ކޯޓުން ނެރޭ އަމުރެއްނަމަ އެއަމުރު ނެރުއްވުމަށް ނިންމެވި ފަނޑިޔާރުންގެ ނަންފުޅާއި ސޮއި އެއަމުރުގައި ހިމަނަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތަށް ނެތްކަމަށްވާނަމަ އެއީ ސައްހަ އަމުރެއްކަމަށް ބަލައިގަތުމަށް ދަތިވާނެ ކަމަށެވެ. 

ދިޔާނާ މިހެން ވިދާޅުވިއިރު 12 މެމްބަރުންގެ ގޮނޑި ގެއްލިފައިނުވާ ކަމަށް އިލެކްޝަންސް ކަމިޝަނުން ކަނޑައެޅިތާ 24 ގަޑިއިރު ނުވަނީސް ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލް ކޮށްފައިވާކަމަށް އަމުރުކޮށްފައެވެ. އެ އަމުރުގައި އަމުރު ނެރުއްވި ފަނޑިޔާރުންގެ ނަމެއް އަދި ސޮޔެއް ހިމަނާފައެއް ނުވެއެވެ.

ސުޕްރީމްކޯޓުގެ އެ އަމުރާއި ގުޅުގެން ދިޔާނާ ވިދާޅުވެފައިވަނީ އިލެކްޝަންސް ކަމިޝަންގެ ނިންމުމެއް އެކަމިޝަނަށް ބާތިލް ކުރެވޭނެކަމަށެވެ. 

ދިޔާނާގެ އެ ޓުވީޓާ ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ކޯޓުން ނެރޭ އަމުރުތަކާއި ހުކުމް ތަކުގައި ފަނޑިޔާރުން ސޮއި ކޮށްފައި އޮތުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް