ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 17:37
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕޭ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕޭ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވެސް އިބޫއަށް މަރުހަބާ ވިދާޅުވެއްޖެ
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕޭ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.  

އިންތިހާބީ ރައީސްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި ޕޮމްޕޭ އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވީ ހުކުރު ދުވަހުގެ ހަވީރު އެވެ. ޕޮމްޕޭ ވަނީ ވެރިކަން ބަދަލުވުމުގެ ކަންކަން ދާ ގޮތާމެދު މަޝްވަރާ ކުރައްވާފަ އެވެ. 

ދިވެހިރާއްޖޭގައި ޤާއިމްކުރެވޭ އާ ވެރިކަމުގައި ވެސް އެކި ދާއިރާތަކުން އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޕޮމްޕޭ ވަނީ ވިދާޅުވެފައެވެ. އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ ފާހަގަކޮށް، ވައިޓް ހައުސްގެ ސަލާމަތާބެހޭ ކައުންސިލުން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބަށް އިޝާރަތް ކުރައްވައި، ވައިޓް ހައުސްގެ ސަލާމަތާބެހޭ ކައުންސިލުން ބުނެފައި ވަނީ ދިވެހިންގެ ބަސް އިއްވައިފި ކަމަށާއި ރާއްޖެއާ އެކު ސަލާމަތީ ކަންކަމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ގުޅުން ބަދަހިވެގެން ދާނެ ކަމަށް ދެކޭ ކަމަށެވެ.  

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔައިފައެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް އެކި ގައުމުތަކުގެ އިއްޒަތްތެރިންނަށް ވަނީ ދައުވަތު އަރުއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް