ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 17:47
ކުރިން ބޭއްވި ސީއައިޓީއީ އެކްސްޕޯގެ ތެރެއިން
ކުރިން ބޭއްވި ސީއައިޓީއީ އެކްސްޕޯގެ ތެރެއިން
މަޓާޓޯ
ސީއައިޓީއީ އެކްސްޕޯ
ސީއައިޓީއީ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯ އިން ހުޅުވާލައިފި
އެކްސްޕޯ ފަށާނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު
އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
މިއީ ސީއައިޓީއީ އެކްސްޕޯ ބާއްވާ 6 ވަނަ ފަހަރު

ޗެންގްޑޫ އިންޓަރނޭޝަނަލް ޓޫރިޒަމް އެކްސްޕޯ (ސީއައިޓީއީ)ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ހުޅުވާލައިފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު އެއްވަނަ ދުވަހާއި ހަމައަށެވެ. އެކްސްޕޯ އޮންނާނީ ޗައިނާގެ ހުޅަނގުގެ ޗެންގްޑޫ ސިޓީގައެވެ.

އެކްސްޕޯގައި ބައިވެރިވުމުގެ ފަހު ތާރީހަކީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށެވެ. އެކްސްޕޯގައި ބައިވެރިވުމަށް ފުރަން ޖެހޭ ފޯމާއި އިތުރު މައުލޫމާތު މަޓާޓޯގެ ވެބްސައިޓުން ލިބޭނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވަ އެވެ.

2012 ވަނަ އަހަރުން ފެށިގެން މި އެކްސްޕޯ ބާއްވާއިރު މިއީ ސީއައިޓީއީ އެކްސްޕޯ ބާއްވާ 6 ވަނަ ފަހަރެވެ.

ޗައިނާ އިން ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު މި އެކްސްޕޯއަކީ ހުޅަނގު ޗައިނާގައި ޓޫރިޒަމްގެ ދާއިރާގައި ފާހަގަކޮށްލެވޭ އެކްސްޕޯއެކެވެ.

- ކޮމެންޓް