ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 18:55
ތ. ގުރައިދޫގެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓި ނުރައްކަލާ ކުރިމަތިވެފައި
ތ. ގުރައިދޫގެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓި ނުރައްކަލާ ކުރިމަތިވެފައި
ރާއްޖެ އެމްވީ
ތ. ގުރައިދޫ ބަނދަރު
ތ. ގުރައިދޫ ބަނދަރު ނުރައްކަލެއްގައި: ތޮށިގަނޑުގެ ދަށުން ވެލިގަނޑު ވަނީ ދަމައިގެންފައި
ބަނދަރު ބޭނުން ކުރުމަށް ދަތިތަކެއް ވަނީ ކުތިމަތިވެފައި

ތ. ގުރައިދޫ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ، ތޮށިގަނޑުގެ ދަށުން ވެލިގަނޑު ދަމައިގެންގޮސް ބަނދަރު ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތި ވެއްޖެއެވެ.

ގުރައިދޫގެ އުތުރު ފަރާތުގައި ހަދާފައިވާ 700 ފޫޓުގެ ބަނދަރުގެ އެތެރެ ތޮށިގަނޑު ހަލާކުވެ، އެ ބަނދަރު ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތި ވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އާބާދީގައި 2000 ވުރެ ގިނަ މީހުން ދިރިއުޅޭ ގުރައިދޫގެ ބަނދަރުގެ އެތެރެ ތޮށިގަނޑުގެ ދަށުން ވެލިގަނޑު ދަމައިގެން ގޮސް، ދޯނިފަހަރު ބަނދަރުކޮށް، ލަފާފުރުމުގައި ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ.

ގުރައިދޫ ކައުންސިލްގެ ނާއިބު ރައީސް ތައުފީގު އަލީ "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ރަށު ބަނދަރު މަރާމާތު ކުރުމަށް ދެ ފަހަރެއްގެ މަތިން ބަޖެޓްކުރި ކަމަށާއި ނަމަވެސް ސަރުކާރުން އެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނުފަށަނީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިހާރު ބޭނުންކުރާ ބަނދަރަކީ ވިއްސައްކަ އަހަރު ވެފައިވާ ބަނދަރެއް ކަމަށާއި މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ހާލަތަށް ބަނދަރު ހަލާކުވަމުންދާ ކަމަށް ތައުފީގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ބަނދަރުގެ ތޮށިގަނޑުގެ ދަށުން ވެލިގަނޑު ދަމައިގެން ގޮސް، ބަނދަރުގެ ބައެއް ގިރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ތޮށިގަނޑު ބޭނުން ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ތޮށިގަނޑު ވެއްޓި، އަޅާފައިވާ އުޅަނދުފަހަރަށް ގެއްލުންތަކެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް