ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 19:06
ކާނަލް ނާޒިމް ވަނީ މީގެ ކުރިން ވެސް ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފައި
ކާނަލް ނާޒިމް ވަނީ މީގެ ކުރިން ވެސް ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފައި
ރާއްޖެއެމްވީ
ކާނަލް ނާޒިމް
ކާނަލް ނާޒިމް މެލޭޝިއާއަށް ފުރާ ވަޑައިގެންފި
ކާނަލް ނާޒިމް ފުރާވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭ
ކާނަލް ނާޒިމްގެ މިސްރާބަކީ މެލޭޝިއާ

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފިއެވެ.

ފައިގެ ނާރެއް ފިތޭތީ ބޭސްފަރުވާއަކަށް ނާޒިމް ބުރާސްފަތި ދުވަހުގެ ތޭ ފުރާވަޑައިގެންފައި ވަނީ މެލޭޝިއާއަށް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ކަރެކްޝަނަލް ސާވިސް އިން އެބޭފުޅާ މެލޭޝިއާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފައި ވަނީ އެޗްއާރުސީއެމުން އެކަމަށް އެދުމުން ކަމަށް ވެސް ބުނެއެވެ.

 

މީގެ ކުރިން ނާޒިމްގެ އާއިލާއިން ވަނީ އެތައް ފަހަރެއްގެ މަތިން ބޭސްފަރުވާ ކުރުމުގެ މަގު ފަހި ކޮށްދިނުމަށް ކަރެކްޝަންސްގައި އެދިފައެވެ. އަދި އެ ފުރުސަތު ނުދޭތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނާޒިމް ބޭސްފަރުވާއަށް ވަޑައިގަންނަވާ އިރު މީގެ ކުރިން ވެސް ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފައެވެ. އެގޮތުން 2016 ވަނަ އަހަރު ލޮލުގެ ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަނީ ވަޑައިގަންނަވާފައެވެ.

އދ. ގެ ވޯކިންގް ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ނާޒިމްގެ މައްސަލަ ބެލުމަށް ފަހު، ނާޒިމް މިނިވަން ކުރުމަށް ގޮވާލާފައިވާއިރު، 1 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލަން އެންގި ނުވަ މީހުންގެ ތެރޭގައި ނާޒިމް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
5 އޮކްޓޯބަރ 2018 | ހުކުރު 09:15
އެހީތެރިކަން ނުލިބޭ
އެހީތެރިކަން ނުލިބޭ ނިކަމެތިން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ނުފުރުވެނީ ކީއްވެބާ؟