ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 09:26
ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ
ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ހުވާ ކުރެއްވުން
އިބޫ ހުވާ ކުރެއްވުން ގަލޮޅު ދަނޑުގައި
އެ ރަސްމިއްޔާތު އިންތިޒާމް ކުރާނީ ބައިވެރިވާން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވެނޭނެ ހެން
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ ގިނަ ފަރާތްތަކަށް ދައުވަތު އަރުވާނެ

ނިމިދިޔަ ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިބޫ ހުވާ ކުރެއްވުމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ވެސް ޗެއާމަން ހަސަން ލަތީފް ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގަލޮޅު ދަނޑުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމީ ވީހާވެސް ގިނަ ރައްޔިތުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ކަމަށެވެ. އަދި އެ ރަސްމިއްޔާތު އިންތިޒާމް ކުރާނީ ބައިވެރިވާން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވެވޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށް އިރާދަކުރެއްވިއްޔާ ބައިވެރިވެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމް ކުރާނަން އެ ރަސްމިއްޔާތު"

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ ގިނަ ފަރާތްތަކަށް ދައުވަތު އަރުވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ރައީސުން ހިމެނޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ހިމެނޭ އެކިއެކި ދައުލަތްތަކުގެ އެންމެ އިސް ވެރިން ވެސް އިނގޭތޯ! ހެޑް އޮފް ސްޓޭޓް ވެސް ހިމެނޭ. އަދި ހަމަ އެއާ އެކީގައި ފޮރިން މިނިސްޓަރުންނާއި ބޭރުގެ މިޝަންތަކުގެ އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން، އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން"

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ދައުވަތު ފޮނުވާނީ ކޮންއިރަކުންތޯ ބައެއް ގައުމުތަކުން މިހާރުވެސް އޮޅުންފިލުވަމުން ދާކަމަށާއި އިރާދަކުރެއްވިއްޔާ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް، ފެށޭ ހަފްތާގައި ދައުވަތު ފޮނުވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ 150 ގައުމު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ މި އަހަރު 50 އަހަރު ފުރޭއިރު، އިބޫގެ ހުވާކުރެއްވުން ވެގެންދާނީ ތާރީޚުގައި ވެސް އާންމު ރައްޔިތުންނަށް ހުޅުވާލެވިގެން ދިވެހިރާއްޖޭގެ ރައީސަކު ހުވާކުރައްވާ ފުރަތަމަ ފަހަރަށެވެ. މި ރަސްމިއްޔާތުގައި އިބޫ އެންމެ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ބައިވެރިވެވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް