ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 23:59
ކުރިއަށް 24ގަޑީރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ
ކުރިއަށް 24ގަޑީރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ
މުހައްމަދު އަނިލް
ރާއްޖޭގެ މޫސުން
އުތުރަށް ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް: މެޓް އޮފީސް
އަރަބި ކަނޑާއި ލަކްޝަދީބް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ދަނީ ރާއްޖެއާ ދުރަށް
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ

ރާއްޖޭގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި ލަކްޝަދީބް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެއް ސަބަބުން ކުރަމުންދާ ވިއްސާރަ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އަރަބި ކަނޑާއި ލަކްޝަދީބް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ އާއި ދުރަށް ހުޅަނގަށް ޖެހެމުންދާ ކަމަށެވެ.

މެޓް އޮފީހުން ކުރިއަށް 24ގަޑީރަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަގުއުތުރުން، މެދުތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކުގައި ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލުގެދެމެދުގެ ބާރިމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ މެޓް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ ހުރިހާހިސާބެއްގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް