ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 17:14
ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް: އެކަމަނާއާ އެކު ހަގު ދަރިކަލުން ވަޑައިގެންނެވި
ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް: އެކަމަނާއާ އެކު ހަގު ދަރިކަލުން ވަޑައިގެންނެވި
ރާއްޖެއެމްވީ
މެޑަމް ފާތިމަތު އިބްރާހިމް
ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ސައުދީއަށް ފުރާވަޑައިގަންނަވައިފި
އެކަމަނާއާ އެކު ރައީސް ވަޑައެއް ނުގަންނަވާ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ އަނބިކަނބަލުން ފުރާ ވަޑައިގެންނެވީ އުމަރާއަކަށެވެ. އެކަމަނާ އާއި ހަގު ދަރިކަލުން ކޮލޮމްބޯ މަގުން ޖިއްދާ އަށް ވަޑައިގެންނެވީ ފްލައިޓް ނަންބަރު އެސްވީ 788 އިން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. 

މިކަމާ ބެހޭ ގޮތުން ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

ފާތިމަތު އިބްރާހިމް ފެނިގެން ދިޔައީ މި ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިންގައި ވެސް އެކަމަނާ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައި ވެއެވެ. 

ރައީސްގެ އަނބިކަނބަލުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެންނެވި ކަމަށް ބުނާ ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅު

މީގެ އިތުރުން ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އެކަމަނާގެ މައްޗަށް ކުރެވެއެވެ. 

މެޑަމް ފާތުން، ސައުދީ އަށް ފުރާވަޑައިގެންނެވި މި ދަނޑިވަޅަކީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް ރައީސް ޔާމީނުގެ މަދު ސަޕޯޓަރުންކޮޅެއް ކޮންމެ ރެއަކު މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް