ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 18:46
ގާސިމް އިބްރާހީމް ރާއްޖެވަޑައިގެން ކޯލިޝަނުގެ އިސްވެރިންނާ އެކު އެއާޕޯޓްގެ ވީއައިޕީގައި މަޑުކޮށްލަވައިގެން
ގާސިމް އިބްރާހީމް ރާއްޖެވަޑައިގެން ކޯލިޝަނުގެ އިސްވެރިންނާ އެކު އެއާޕޯޓްގެ ވީއައިޕީގައި މަޑުކޮށްލަވައިގެން
ރާއްޖެއެމްވީ
ގާސިމް އިބްރާހިމް
ގާސިމް ޔާމީނަށް: ތެޅުނުވަރަކަށް ދާނީ ހުޅުނބު، ދެން ކުރެވޭނެ ކަމެއް ނެތް!
ނޮވެމްބަރު 17ގައި ރައީސް ކަމުގެ ހުވާ ކުރެވެން ޖެހޭނެ

ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ރައީސް އަބްދުﷲ ޔާމިނާއި އެމަނިކުފާނުގެ ޕާޓީން އުޅެމުންދާ ގޮތަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.  

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެވަޑައިގެން ޖުމްހޫރީ ޕާޓީގެ ހެޑްކްއާޓަރުގައި އާންމު މެންބަރުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ "ރައްޔިތުން ބަސް އިއްވުމަށް ފަހު ކިތަންމެ ވަރަށް ފަހަތުން ބަޑި ބަޑި ލެއްވިއަސް ކުރެވޭނެ ކަމެއް ނޯންނާނެ" ކަމަށެވެ.  

"ތެޅުނު ވަރަށް ދާނީ ހުޅުނބު، ތެޅުނު ވަރަށް ދާނީ ހުޅުނބު. އެގޮތައް ހުޅުނބު ދަމުން ދަމުން ގޮސް ހުސްވާނީ. ދެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަންނަވާށޭ،" ގާސިމް ވިދާޅުވިއެވެ.  

ގާސިމް ވަނީ ހުރިހާ ރައްޔިތުން ވެސް ގާނޫނީ އިމުގެ ތެރޭގައި މަޑުމައިތިރިކަމާ އެކު ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.  

"ކަމެއް އިސްލާހް ކުރަން ނިކުންނަ ބަޔަކު އެ ގޯސްކަން ކަންކުރާ މީހުންނާ އެއްވަރަށް ނުވަތަ އެ އަށް ވުރެ ގޯސްކޮން ކަމެއް ކުރީމަ ދެން އިސްލާހްވާނެ ތޯ، ނުވާނެ،" ގާސިމް ވިދާޅުވިއެވެ.

އިންތިހާބުން ލިބުނު ނާކާމިޔާބީއަކީ ރައީސް ޔާމީނު ގެންނެވި ތަރައްގީގެ ބަދަލުގައި ދެއްވި އަދަބެއް ކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ރައްޔިތުން އަދަބެއް ނުދޭ ކަމަށެވެ. އަދި ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ކަންކަމަކީ އަމިއްލަފުޅު ޖީބުން ކުރެއްވި ހޭދައެއް ނޫން ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ އެކަން ކޮށްދޭން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"ނުހޮވުނީމަ ޝަކުވާ ކުރާނެ ކަމެއް ނެތެއްނު. ގޯސްކަން ކަންކަން ކުރެވުނުކަން އެއިން އެނގެނީ. ވަރަށް ނުބައިކޮށް ވިޔަނުދާކޮށް ކަންކަން ކުރިކަން އެއިން އެނގެނީ. ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކާއިރު ކޮންމެ ޕްރޮޖެކްޓެއް ކިތައް ބޮޑު ނުއަގުގައި ތޯ ހިންގާފައިވަނީ،" ގާސިމް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ކުރައްވަން ޖެހޭނީ ނޮވެމްބަރު 11 ގައި ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިމާ ކަމެއްގެ ސަބަބުން ޖުމްހޫރީ ދުވަހު ހުވާ ކުރުމަށް އޮންނަ އޮތުން ބަދަލު ނުކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް