ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 07:32
ހުޅަނގު މޫސުމުގައި އުފެދިފައިވާ ކޮޅިގަނޑު
ހުޅަނގު މޫސުމުގައި އުފެދިފައިވާ ކޮޅިގަނޑު
ޓްވިޓަރ
ރާއްޖޭގެ މޫސުން
އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
މިއަދާއި މާދަމާ ވެސް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައި

ހއ އިން ފެށިގެން އއ އަދި އދ ގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނިގައި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 6:30 އިން ފެށިގެން 10:30 އާ ހަމައަށެވެ. 

މެޓް އޮފީހުން ބުނީ މިއަދާއި މާދާމާ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި މެދުތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި، ހުރިހާ ފަރާތުތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް