ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 07:30
ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ
ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ
ގޫގުލް
ރިޔާސީ އިންތިޚާބު 2018
އިބޫގެ ސަރުކާރާއެކު ގުޅުން ބަދަހި ކުރާނަން: ސިރިސޭނާ
ރިޔާސީ އިންތިޚާބުން ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ވަނީ ފެނިގެން ގޮސްފައި

މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށް ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ސިރިސޭނާ، އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވާފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބުން ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އިބޫގެ ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ވެސް ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސިރިސޭނާ މަރުހަބާ ވިދާޅުވެފައިވާއިރު، ނޮވެމްބަރު 17 ގައި އިބޫ ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ވެސް ވަނީ ދައުވަތު ދެއްވައިފަ އެވެ. 

އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަހަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު މި ރަސްމިއްޔާތުގެ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ވެރިން ވަނީ ދައުވަތު ދެއްވައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް