ކ. މާލެ
|
5 އޮކްޓޯބަރ 2018 | ހުކުރު 19:17
ރައީސް ޔާމީން ކާމިޔާބު ކުރެއްވި ކަމަށް ބުނެ، ގަރާރު ފާސްކުރި މުޒާހަރާގެ ތެރެއިން
ރައީސް ޔާމީން ކާމިޔާބު ކުރެއްވި ކަމަށް ބުނެ، ގަރާރު ފާސްކުރި މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ޕީޕީއެމްއިން ބުނެފި
އެގޮތަށް ފާސްކުރީ ގަރާރެއް ހުށަހެޅުއްވުމަށްފަހު
ގަރާރު ހުށަހެޅުއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން
ގަރާރުގައި ބުނަނީ ޔާމީނަށް ލިބުނީ 69.77 ޕަސެންޓް ވޯޓު ކަމަށް

ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވި ކަމަށް ޕީޕީއެމުން ކުރި މުޒާހަރާއެއްގައި ނިންމައި، "ގަރާރެއް" ފާސްކޮށްފިއެވެ.

ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ބުނެ، ގަރާރެއް ފާސްކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގައެވެ. ގާނޫނާ ޚިލާފަށް ބޭއްވި އެ މުޒާހަރާއަށް ގަރާރު ހުށަހެޅުއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ (މުއާ) އެވެ.

އެ ގަރާރު ހުށަހަޅުއްވަމުން މުއާޒު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވީ 69.77 ޕަސެންޓު  ވޯޓުން ކަމަށެވެ.

އޭނާ ހުށަހެޅުއްވި ގަރާރަށް "ވޯޓަށް" އެހިއިރު، ޕީޕީއެމް އޮފީސް ކުރިމަތީގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ލިޔުންތަކެއް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި ބަޔަކު ތިއްބެވެ. އެއްވެފައި ތިބި ބައެއް މީހުން ތިބީ މޫނު ނުފެންނަ ގޮތަށް، ޕޯސްޓަރުތަކެއް ހިފަހައްޓައިގެންނެވެ.

ޕީޕީއެމް މުޒާހަރާއަށް އެއްވި ބައެއް މީހުން ޕޯސްޓަރުތަކުން މޫނު ފޮރުވައިގެން: ވޯޓު އޮޅުވާލި ކަމަށް ބުނެ ކުރާ މުޒާހަރާ އެއްވެ، އަޑު އުފުލަނީ މަދު ބަޔަކު--- ފޮޓޯ/ ރާއްޖެއެމްވީ

"އެހެންކަމުން މި ގަރާރު ފާސްވެގެން ދިއުމާ ގުޅިގެން 69.77 ޕަސެންޓުގެ ތަނަވަސް އަޣުލަބިއްޔަތަކުން ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ކަމަށް ހޮވިފައި ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް،" މަދު ބަޔަކާއެކު ކުރިއަށް ގެންދިޔަ މުޒާހަރާގައި މުއާޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ މުޒާހަރާގައި އެގޮތަށް ބުނެފައި މިވަނީ، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަކީ އިންތިހާބީ ރައީސް ނޫން ކަމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ބުނެފައިވަނިކޮށެވެ. 

ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެ ވަޑައިގެންނެވިކަން އެމަނިކުފާނު އިއުލާން ކުރެއްވިތާ، ހަތްވަނަ އަށް ވީ ދުވަހު ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް 96،000 ވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެއަށްފަހު އެމަނިކުފާނު އިލްތިމާސް ކުރައްވާފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއެކު ސިލްސިލާ މުޒާހަރާތަކެއް އަތޮޅުތެރެ އާއި މާލޭގައި ކުރިއަށް ގެންދިއުމަށެވެ.

އެމަނިކުފާނު އެގޮތަށް އިލްތިމާސް ކުރެއްވިތާ، ތިންވަނަ އަށްވީ ދުވަހު ވެސް، އަތޮޅު ތެރޭގައި މުޒާހަރާތަކެއް ފަށާފައެއް ނުވެއެވެ. މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވާ މީހުން، ދަނީ މަދުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
4 އޮކްޓޯބަރ 2018 | ބުރާސްފަތި 07:45
އަބުރޭ
ޔާމީން އަދި މަޖިލިް މެމްބަރުން ނާއި ޕީޕީ އެމް ގެ ތާއީދުކުރާ ތއްޔތުން ޔާމީން ވި މޮޔަފުޅުވީތޯ
4 އޮކްޓޯބަރ 2018 | ބުރާސްފަތި 06:41
މުޙާވިން
އެސޮރުމެން އެ ވިދާޅުވާ ވާހަކައިގެ އާރުލާވަރެއްވެސް އެނގިދާނެތާ!
4 އޮކްޓޯބަރ 2018 | ބުރާސްފަތި 04:58
ޢަލީ
މަރުހަބާ ރައިސް ޔާމީން ތިހާފަސޭހަކަމާއެކު ހަމަ އެހާމެ ހަަރަދު ކުޑަކޮއް ވެރިޔަކު ހޮވެން އޮއްވަ ބޭކަަރުހަރަދު ކޮއްގެން އިލެކްޝަން އިން ތި އިންތިހާބު ބާއްވަނީ މުއާ ދެން ކޮސް ނުގޮވަބަލަ
4 އޮކްޓޯބަރ 2018 | ބުރާސްފަތި 04:13
Beyyaa
Adhury thoa thiya thafaas hisaabu hadhavai dhevvy. Alhugandumennah ithubaaru onnanee professor Adhurayge hisaabuthah ingaythoa
4 އޮކްޓޯބަރ 2018 | ބުރާސްފަތި 03:19
މިއާ ޚަލީފާ
މަނަމަވެސް ކެތެއްނުވާނެ ތިޔޮތީ ވޯޓުންތަޅާ ބަލިކޮއްފަ