ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 22:49
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު މުހައްމަދު ހުސެއިން ޝަރީފް ފޮޓޯއެއް ނަންގަވަނީ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު މުހައްމަދު ހުސެއިން ޝަރީފް ފޮޓޯއެއް ނަންގަވަނީ
ޓްވިޓަރ
ޕީޕީއެމް
ޕީޕީއެމްގެ އެސްޖީއަކަށް މުންދު އައްޔަންކޮށްފި
މުންދު ޕީޕީއެމްގެ އެސްޖީގެ މަޤާމަށް އައްޔަންކޮށްފައިވަނީ ބުދަ ދުވަހު ކުއްލިގޮތަކަށް ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާޤުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަންކޮށްފި އެވެ. 

ލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވާ މުންދު ޕީޕީއެމްގެ އެސްޖީގެ މަޤާމަށް އައްޔަން ކޮށްފައިވަނީ ބުދަ ދުވަހު ކުއްލިގޮތަކަށް ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާޤުންނެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަފައިވަނީ އެ ޕާޓީގެ ރައީސްގެ މަޤާމަށް ވަޑައިގެން ހުންނެވި އަބްދުﷲ ޔާމީން އެވެ. 

މީގެކުރިން ޕީޕީއެމްގެ އެސްޖީގެ މަޤާމުގައި ހުންނެވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް އެވެ. އޭނާ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ކޯޓުން ޕީޕީއެމްގެ ބާރުތައް އަތުލުމަށްފަހު 2016 ވަނަ އަހަރު އެވެ. 

ޕީޕީއެމްގެ އެސްޖީގެ މަޤާމަށް ކުއްލިގޮތަކަށް މުންދު އައްޔަންކޮށްފައިވަނީ ޕީޕީއެމްގެ ކޮންގްރެސްއިން ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ. އެ ކޮންގްރެސްގައި ޕާޓީގެ ރައީސްގެ މަޤާމަށް އަބްދުﷲ ޔާމީން އިންތިހާބްކޮށްފައިވާކަމަށް އެ ޕާޓީން ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް